English Edition
Dhivehi Edition
ރައީސް ޑރ. މުޙައްމަދު މުއިއްޒު، ފުށިދިއްގަރު ފަޅުގައި ހަދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފައްޓަވައިދެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ރައްޔިތުން ގެދޮރުވެރިކުރުމަށް ބަޖެޓުގެ ބޮޑު އިން ސައްތައެއް ކަނޑައަޅުއްވާފައިވާ ކަމަށާއި އަންނަ އަހަރަކީ މަޝްރޫއުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރުކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، އާބާދީގެ ނިސްބަތާއި އެރައްޔިތަކު ދިރިއުޅޭ ސަރަޙައްދަށް ނުބަލާ، ރައްޔިތުންނަށް ހަމަހަމަކަމާއެކު ހިދުމަތް ފޯރުކޮށްދިނުންކަމަށާއި އެހިދުމަތެއް ނުލިބިވާ ފަރާތްތަކަށް އެހިދުމަތް ގާއިމްކޮށް، ހިދުމަތް އެއް ފެންވަރެއްގައި ފޯރުކޮށްދިނުން ކަމަށެވެ. އެކަންކަން ޤާއިމްކުރުމާއެކު، އާބަން ސެންޓަރުތަކަކާއި އިންޓަރގްރޭޓެޑް ޒޯންތަކެއް ޤާއިމްކޮށް، އެސަރަޙައްދުތަކުން އެއަށްވުރެ ފެންވަރު ރަނގަޅު ޚިދުމަތްލިބި، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ ރަށެއްގައި ފޯރުކޮށްދެވޭނެ އަސާސީ ހިދުމަތްތަކެއް ހުންނާނޭ ކަމަށާއި އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ބޭންކިންގ، ފުލުހުންގެ ހިދުމަތް، ކުނިމެނޭޖްކުރާ ނިޒާމު ފަދަ ޚިދުމަތްތައް ޤާއިމްކުރެވޭނެކަމަށް ރައީސސް ވިދާޅުވިއެވެ. އަދި، އެފަދަ ހިދުމަތްތައް އެންމެންނަށްވެސް ހަމަހަމަކަމާއެކު ލިބެންޖެހޭނެކަމަށާއި އެއީ އެމަނިކުފާނު ގަބޫލުފުޅުކުރައްވާ ހަމައެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެފަދަ މަޝްރޫޢުއުތަކަށް ދަޢުލަތުން ކުރާ ޚަރަދަކީ ބޭކާރު ހަރަދެއް ނޫންކަމަށާއި އެފަދަ ކަންކަމަކީ ދެމެހެއްޓެނިވި ވިސްނުންފުޅެއްގައި ކުރައްވާ ކަމެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެއީ ސަރުކާރު ހިންގުމުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް ޢަމަލުކުރަމުން އައި އުސޫލުކަމަށާއި އަދި އެކަމުގައި ދެމިހުންނަވާނޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.