English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން އައްޑޫ ސިޓީގެ ހުޅުމީދުގައި އަޅާ މަސް ފެކްޓްރީއަށް ބޭނުންވާ މުއައްޒަފުން ހޯދުމުގެ ގޮތުން މިފްކޯއިން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި އޮޕަން ޑޭއެއް ބާއްވާ ގޮތަށް ހަމަޖައްސައިފައެވެ

ހުޅުމީދޫގައި އަޅާ މަސް ފެކްޓްރީ މި އަންނަމަހު ހުޅުވުމަށް މަސައްކަތްކުރަމުންދާއިރު، މި ފެކްޓްރީގައި ހުރި ވަޒީފާތަކަށް ދިވެހިންނަށް ހާއްސަ ފުރުސަތު ތަކެއް ދިނުމަށް ނިންމާފައިވާކަމަށް މިފްކޯ އިން ވަނީ ބުނެފައެވެ.

މި ޖޫން މަހުގެ 20 ވަނަ ދުވަހު ހުޅުމީދޫ ގައި އޯޕެންޑޭ ބޭއްވުމަށް ނިންމާފައިވާއިރުު 21 ވަނަ ދުވަހު ހިތަދޫގައި އޯޕެންޑޭ ބާއްވާނެކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ. އަދި 22 ޖޫންވާ ހުކުރު ދުވަހު ފުވައްމުލައި ސިޓީގައި އޯޕަންޑޭ ބޭއްވުމަށް ވަނީ ނިންމާފައެވެ.

މިފްކޯ އިން ބުނެފައިވަނީ އެ ކުންފުނީގެ އަމާޒަކީ އައްޑޫގައި ހަދާ ފެކްޓްރީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒިފުންނަކީ ދިވެހިންނަށް ހެދުން ކަމަށާއި އެ ފެކްޓްރީއަށް 80 މުއައްޒަފުން ނެގުމަށް ހަމަޖެހިފައިވާކަމަށެވެ. މިފްކޯ އިން މިވަގުތު ހުޅުވާލާފައިވާ ވަޒީފާތަކުގެ ތެރޭގައި އެޑްމިނިސްޓްރޭޓިވް، އެކައުންޓްސް، ޓެކްނިކަލް،ކޮލިޓީ ކޮންޓްރޯލް ހިމެނެއެވެ

ހުޅުމީދޫގައި އަޅާ މަސްފެކްޓްރީގެ ބިންގާ އަޅާފައިވަނީ 2016 ވަނަ އަހަރު ޖޫން މަހުގެ 08 ވަނަ ދުވަހުއެވެ.

ޓެގު