ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ތިން ވަނަ ކޮންގްރެސް އަންނަ ޖޫން މަހުގެ 28 އަދި 29 ގައި ބޭއްވުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކޮށްފި އެވެ
މިއަދު މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމު ގައި އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސް ފުރަތަމަ ބާއްވަން ނިންމީ ދަރުބާރުގޭގައި ކަމަށާއި އެހެންނަމަވެސް އެތަން ނުލިބުމުގެ ސަބަބުން މިހާރު ކޮންގްރެސް ބާއްވަން ނިންމާފައިވަނީ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ކަމަށެވެ
ޖޭޕގެ ސިޔާސީ ހަރަކާތްތައް ހިންގުމަށް ދަތިތަކެއް ހުރިކަމަށް ވިދާޅުވެ ސަމީރުވަނީ އިލެކްޝަން ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ” ކޮމިޝަނުން ޖޭޕީ އަށް ދޭން ޖެހޭ 2.4 މިލިއަން ރުފިޔާ “އެތިކޮޅުކޮޅުން” ދެމުން ގެންދިއުމަކީ ސިޔާސީ ޕާޓީގެ ގާނޫނާ ހިލާފު ކަމެއް” ސަމީރު ވިދާޅުވިއެވެ