މިނިވަން އުފާ އައްޑޫ މީދޫ 2026 ހޭންޑް ބޯލް މެޗު މީދޫ ލެވެންޑާ ޓީމާއި ވާދަކޮށް މައިލޯސިޓީ ކާމިޔާބު ހޯދައިފިއެވެ.
ރޭކުޅުނު މި މެޗުން މައިލޯސިޓީ ހޭންޑްބޯލް ޓީމުން ކާމިޔާބު ހޯދާފައިވަނީ 12 ލަނޑު 14 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައިވާއިރު ފުރަތަމަ ހާފް ނިންމާލިއިރު ވެސް އޮތީ ނަތީޖާ އެއްވަރު ވެފައެވެ. ފަހު ހާފްގައި މައިލޯ ޓިމުން ކުރިހޯދާފައި ވަނިކޮށް ލެވެންޑާ ޓީމުން ރަނގަޅު ކުޅުމެއްދައްކައި ނަތީޖާ އެއްވަރު ކޮށްފައިވެއެވެ. ނަމަވެސް ފަހުހާފް ނިމެންކައިރި ވީއިރު ލެވެންޑާ އަށް އިތުރު ލަނޑު ތަކެއް ކާމިޔާބު ނުވެ މައިލޯސިޓީ އިން ކުރިހޯދިއެވެ.
މެޗުގައި ދެ ޓީމުން ވެސް ރަނގަޅު ވާދަވެރި ކުޅުމެއް ދައްކާފައިވާއިރު މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މައިލޯސިޓީގެ ނޫރާއެވެ.

އައްޑޫމީދޫ މިނިވަންއުފާ 2026 ކުލަގަދަކޮށް ފާހަނގަ ކުރަމުން އަންނައިރު “މީދުވަން” ދުވުން ފެށުން އޮންނާނީ މިއަދު ހަވީރު 4:00 މީދޫ ބަނދަރުންނެވެ.
މީދޫ ކައުންސިލްގެ އުންމީދަކީ ވީހާވެސް ގިނަ ބަޔަކު މި ހަރަކާތްތަކުގައި ބައިވެރިވެ، މިނިވަންކަމުގެ އުފަލުގައި ބައިވެރިވުމެވެ. މިފަދަ ބޮޑު ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބިގެންނެވެ.