English Edition
Dhivehi Edition

ރިޔާސީ އިންތިހާބަށް އެއް ކެންޑިޑޭޓަކު ނުނެރޭވޭނެ ކަމަށް ދެކި، އެކަމާ މެދު އުއްމީދު ކަނޑާލަން އަދި ގާތް ވެސް ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސްރީ ލަންކާގައި ހުންނަވައި ސްކައިޕް މެދުވެރިކޮށް “މިހާރު” އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކޯލިޝަންގައި ހިމެނޭ ޕާޓީތައް ނިކުންނާނީ އެކުއެކީގައި ކަމަށެވެ. އަދި މި އިނތިހާބަކީ ޕާޓީތަކުން ބޭނުންވާ ކެނޑީޑޭޓަކަށް ކުރިމަތިލެވޭ މިނިވަން އިންސާފުވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ

ރިޔާސީ އިންތިހާބުގައި ނަޝީދުގެ ރަނިންމޭޓަކާ މެދު ގިނަ ބަޔަކު ބަހުސްކުރަމުންދާއިރު މި އިންޓަވިއުގައި ނަޝީދުވަނީ ރަނިންމޭޓަކަށް ކަނޑައަޅުއްވާނެ ބޭފުޅާކާ ބެހޭ ގޮތުން ނުސީދާ ބަހުން ވާހަކަދައްކަވާފައެވެ. މި ކަމަށް އިޝާރަތްކުރައްވާ ނަޝީދު ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަށް ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ ނަޝީދުގެ ރަނިން މޭޓަކަށް ހެދުމަށް އެއްބަސްވެވޭނެކަމަށެވެ

އިދިކޮޅު ގުޅިފައިވާ ކޯލިޝަނުން އެއް ކެނޑިޑޭޓަކު ނެރެވޭނެ ކަމަށް ނަޝީދު ވިދާޅުވެފައިވާއިރު އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ހުކުމް ތަންފީޒްކުރަމުންދާ އެއްވެސް ފަރާތަކަށް ރިޔާސީ އިންތިހާބުގައި ވާދަނުކުރެއްވޭނެ ކަމަށެވެ.