English Edition
Dhivehi Edition

އެމްޑީޕީގެ ކުރީ ޗެއާޕާސަން އަލީ ވަހީދު އާއި އެކު އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފިއެވެ

އަލަށްޖުމްހޫރީ ޕާޓީ އާއި ގުޅުނު މެމްބަރުންގެ ތެރޭގައި އެމްޑީޕީ ގައުމީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ރައީސް އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރި އަސްހަދު އަލީ (އަޑޭ) ގެ އިތުރުން އއ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ސަމީރާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ހަސަން ސުޖާއު އާއި އެމްޑީޕީގެ މެންބަރު މުހައްމަދު ޝައްފާޒާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިވެރި ދާއިރާގެ ރައީސް މުހައްމަދު ސަމީރު ހިމެނިވަޑައިގަންނަވައެވެ

ރޭ ޖުމްހޫރީ ޕާޓީއަށް މެމްބަރުން ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވާއިރު މި ރަސްމިއްޔާތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ