އެއްލަކިން ލައިސެންސް ޕްރޮގްރާމަށް ދޭ ސޯޝަލް މީޑިއާ އެކައުންޓުތަކުގެ މައުލޫމާތުތައް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ގެ ކެމްޕެއިނަށް ބޭނުމެއް ނުކުރާނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުހައްމަދު ވިދާޅުވެއްޖެ އެވެ
ލައިސެންސް ނަގާ ފޯމުގައި ލައިސެންސް ހޯދަން ބޭނުންވާ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އެދިފައިވާއިރު މިކަމާއިގުޅިގެން ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. މިކަމާއި ގުޅިގެން އަބްދުﷲ މުހައްމަދު ވިދާޅުވީ މި މައުލޫމާތު ތައް ހިއްސާކުރުމަށް އެދިފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް މީހުން ޓްރެފިކަށް ހޭލުންތެރިކުރުމަށް މައުލޫމާތު ހިއްސާކުރުމަށް ކަމަށެވެ
މީގެ އިތުރުން އަބްދުﷲ މުހައްމަދު ވިދާޅުވީ ރައީސް ޔަމީނަށް ވޯޓުދޭނީ ހަމައެކަނި ލައިސަންސް ނަގާ މީހުން އެކަނި ނޫންކަމަށާއި ރައީސް ޔާމީންގެ ކެމްޕެއިންނަށް ބޭނުންވާ މައުލޫމާތައް ޓްރާންސްޕޯޓް އެތޮރިޓީ ބޭނުންކޮށްގެން ހޯދަފާނެކަމަށް ގަބޫލުނުކުރާކަމަށެވެ