ދިވެހި އަންހެނުން ޖާރިޔާއިންގެ ގޮތުގައި ރާއްޖެއިން ބޭރު ގައުމުތަކުގައި ކުރަމުންދާ ދާހިލީ ހަނގުރާމަތަކުގައި ބައިވެރިވާ ބޭރު ހަނގުރާމަވެރިންނަށް ވިއްކާފައިވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝިދު ވިދާޅުވެއްޖެއެވެ
ފޭސްބުކް ލައިވް މެދުވެރިކޮށް، ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ހަނގުރާމަވެރިންނަށް ދިވެހި ޖިންސުއްލަތީފުން ވިއްކާފައިވާކަމަށާއި މިހާރު އެ ހަނގުރާމަވެރިން އެބުރި ރާއްޖެ އަންނަން ފަށާފައިވާކަމަށެވެ
މީގެ އިތުރުން ނަޝީދު ވިދާޅުވީ ރާއްޖޭގެ ތިންހާހެއްހާ މީހުން އެހެން ޤައުމެއްގައި ކުރިއަށްދާ ދާޚިލީ ހަނގުރާމައެއްގައި ބައިވެރިވެގެން އުޅޭކަމަށާއި އެހެންކަމުން މިކަންކަމުގެ ސަބަބުން ކުރިމަތިވާނެ ގޮންޖެހުންތަކަށްވެސް ނުހަނު ބޮޑަށް ބަލަން ޖެހޭކަމަށެވެ