ރަނިންމޭޓަކަށް މާލޭ ބޭފުޅަކު ހަމަނުޖައްސަވާނެ ކަމަށާއި އެ މަގާމު ދޭނީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ ބޭފުޅަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ
ފޭސްބުކް ލައިވް މެދުވެރިކޮށް، ސަޕޯޓަރުންނާ ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ މި އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރަނިންމޭޓަކީ މާލެ ބޭފުޅަކަށް ނުވާނެކަމަށާއި ރަނިންމޭޓަކަށް އަތޮޅުތެރޭގެ ބޭފުޅަކު ކަޑައެޅުން ވަރަށް މުހިައްމުކަމުގައެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ އެ މަގާމަށް ގެންނަވާނީ ކަމަށް ގާބިލު އިހްލާސްތެރި މީހެއްކަމަށެވެ
ރަނިންމޭޓަކަށް ގެންނަވާނީ ކޮން ބޭފުޅެއްކަމުގައި ނަޝީދު ވިދާޅުވެފައި ނުވާއިރު ގިނަ ބަޔަކު ބުނަމުންދަނީ މި ފަހަރު ރަނިންމޭޓަކީ އައްޑޫ އަށް ނިސްބަތްވާ ބޭފުޅަކަށް ވުން އެކަށީގެންވާކަމަށެވެ