English Edition
Dhivehi Edition

‘ކިޔާ ކޫލް ހެ ހަމް’ އިން ބޮލީވުޑަށް ތައާރަފްވި ނެހާ ދޫޕިއާ އާއި އަންގަދް ބޭޑީ ގެ ކައިވެނީގެ ހަބަރާއެކު ގިނަ ބަޔަކަށް ލިބިގެން ދިޔައީ ބޮޑު ހައިރާން ކަމެކެވެ

މި ދެތަރިންގެ ކައިވެނީގެ ފޮޓޯ އާއި އެކު ސޯޝަލް މީޑިއާގައި ‘ކައިވެނީގެ ހަބަރު’ ހިއްސާކޮށްފައިވާއރު ނެހާ ވަނީ އެދެމީހުންގެ ކައިވެންޏާއި ބެހޭ ގޮތުން ‘ޓައިމްސް އޮފް އިންޑިއާ’ގައި ވާހަކަދައްކާފައެވެ. ނެހާ އާއި ކަރަންގެ ‘ސިއްރު’ ކައިވެންޏާއި ބެހޭ ގޮތުން އޭނާ ބުނެފައިވަނީ އެމީހުން ކައިވެނި ކުރަން އުޅޭ ވާހަކަ އެއްވެސް ރައްޓެއްސަކާވެސް ހިއްސާކޮށްފައި ނުވާކަމަށާއި އެއީ އެ ދެމީހުން ނިންމި ‘ކުއްލި’ ނިންމުމެއް ކަމަށެވެ

މީގެ އިތުރުން ނެހާ ބުނެފައިވަނީ އަންގަދް މީގެ ހަތަރު އަހަރު ކުރިންވެސް އޭނާގެ ކައިވެންޏަށް އެދިފައިވާ ކަމަށާއި އެހެންނަމަވެސް އެ ފަހަރު ނެހާ އެ ހުށަހެޅުން ގަބޫލުކޮށްފައި ނުވާކަމަށެވެ. “އޭރު އަހަރެން އުޅުނީ އެހެން ރިލޭޝަންއެއްގަ. އެކަމަކު އަންގަދް އޭރުވެސް ވަރަށް ބޭނުންވި އަހަންނާއި އެކު ދިރިއުޅުމެއް ފަށަން. މިހާރު އޭގެ ފަސް އަހަރު ފަހުން އެދުނު ގޮތަށް ކަންތައް މިވީ.” ނެހާ ބުނެފައިވެއެވެ

ޓެގު