ނަފްސަކީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ އަމާނާތެކެވެ. އެއާއި މެދު ޤިޔާމަތްދުވަހުން ސުވާލުވެވޭނެ ނިއުމަތެކެވެ.އިސްލާމީ ޝަރީއަތުގައި ނަފްސުވަނީ ހުރުމަތްތެރިވެގެންވާ އެއްޗެއްގެ ގޮތުގައި ލައްވާފައެވެ.
އެ ގޮތުން އިންސާނާއަށްވެސްވަނީ ހުދު އޭނާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުންވެސް ހަރާންކުރެވިގެންނެވެ. އަދި ތިމާގެ އަމިއްލަ ނަފްސަށާއި ފުރާނައަށް ގެއްލުންވާ އެންމެހައި ކަންތައްތަކުން ދުރުހެލިވެ އުޅުމަށް އެކަލާންގެވަނީ ވަރަށް ބޮޑަށް ބާރު އަޅުއްވާފައެވެ. ފުރާނައަކީ މާތްﷲގެ އަމާނަތަކަށް ވީ ފަދައިން އެ ފުރާނައަށް ރައްކާތެރިވުމަކީ އަޅުގަނޑުމެންގެ ޒިންމާއެކެވެ. ތިމާގެ ފުރާނަ އާއި ހަށިގަނޑަކީ ސަލާމަތްތެރިކަމާއެކު ބަލަހައްޓައި އެއަށް ފަރުވާތެރިވާން ޖެހޭ އެއްޗެއްކަމާއި ބޭނުން ނެތް ގޮތުގައި އެ ފުރާނަ ނަގާލުމަކީ ކިހާ ބޮޑު ފާފައެއްކަން ހެދި ބޮޑުވަމުން އަންނަ ކުދިންނަށް އެނގެންޖެހެއެވެ.
ތިމާގެ އަމިއްލަ ނަފްސަށް ގެއްލުން ދިނުން މިހާ ބޮޑު ފާފައަކަށްވީ ހިދު ފަހެ ދެން އެހެން އިންސާނަކަށް ގެއްލުމެއް ދިނުމުގެ ނުބައިކަން ނިކަން ވިސްނާލައްވާށެވެ. ހަމަ ކަށަވަރުން ދިރިހުރުމުގެ ހައްގަކީ މާތްﷲ ކޮންމެ އަޅަކަށްވެސް ދެއްވާފައިވާ ހައްޤެކެވެ.އެ ހައްޤަށް އެއްވެސް އިންސާނަކު އަރައި ނުގަނެވޭނެއެވެ. އެހެން ކަމުން ނަފްސު ހިމާޔަތްކުރުމުގެ ގޮތުން ހައްޤަކާއި ނުލައި ގަސްތުގައި މީހެއްގެ ފުރާނަ ދުއްވާލައިފިނަމަ އިސްލާމްދީންގައިވަނީ ގިސާޞް ކަޑައަޅުައްވާފައެވެ.
ގިސާޞް ހިފުމުގައި ހަޔާތެއްވާކަމުގައި އެހުކުމް ޝަރުއުކުރެއްވި ހަކީމްވަންތަ އިލާހް ވަނީ ބަޔާންކުރައްވާފައެވެ. ނަމަވެސް ގިސާޞް ހިފުމާއި، ނުހިފައި ގާތިލަށް އަފޫޢު ކުރުމުގެ އިހްތިޔާރު މާތްﷲ ވަނީ މައްޔިތާގެ ވާރިސުންނަށް ދެއްވާފައެވެ. އެހެންކަމުން މައްޔިތާގެ ވާރިސުން ގިސާޞް ހިފުމަށް ބޭނުންވާ ހިދެއްގައި ގާތިލަށް މައާފް ދިނުމަކީ ވެރިމީހާ އަށްވެސް އަދި ކިއެއްތަ ގާޒީއަށްވެސް ލިބިގެންވާ އިހްތިޔާރެއް ނޫނެވެ.ކުރީގެ އުއްމަތްތަކުގެ މައްޗަށްވެސް މާތްﷲ ވަނީ ގިސާޞްގެ ހުކުމްތައް ފަރުޝު ކުރައްވާފައެވެ. އިސްލާމީ ޝަރީއަތުގައި އިންސާނީ ނަފްސަށްވަނީ އަމާންކަން ދެވިފައެވެ. ވަޟުޢީ ޤާނޫންތަކުގެ މަގްސަދަކީވެސް މިއެވެ. އިންސާނީ ނަފްސަށް އަމާންކަން ދިނުމެވެ. ނަމަވެސް ނަތީޖާއެއް ނުނެރެވެއެވެ.
އިންސާނީ ހައްގުތަކުގެ ދަށުން ގާތިލަށް ބޮޑު އަދަބެއް ދެވޭކަށެއް ނޯވެއެވެ. ވާރުތަވެރިންނާއި މަރުވެގެންދާ މީހާއަށްވުރެ ބޮޑަށް ގާތިލްގެ އިންސާނީ ހައްޤު ބޮޑުކަމުންނެވެ. ނަތީޖާއަކީ އިންސާނީ ނަފްސުގެ ކަރާމާތާއި އޭގެ އަގު އެބައި މީހުންގެ ކައިރީގައި ނެތިގެން ދިއުމެވެ. މީހެއްގެ ފުރާނަ ދުައްވާލުމަކީ އެބައިމީހުންގެ ކައިރީގައި މާ ބޮޑުކަމަކަށް ނުވެއެވެ. އެ ގޮތުން އިންސާނީ މުޖްތަމައު އުޅެމުންދަނީ ޖަންގަލީގެ ނިޒާމެއްގައޭ ބުނުމުންވެސް ދޮގަކަށް ނުވާނެއެވެ. ޖަންގަލީގެ ނިޒާމްގެ އެންމެ އެއް ފުރިހަމަ މިސާލަކީ އިސްރާއިލުން ފަލަސަތީނާއި ގައްޒާގެ އެއްވެސް ކުށެށްނެތް ނިކަމެތި އިންސާނުންނަށް ދެމުން ގެންދާ ނުވަތަ އޮއްސަމުން ދާ މިސައިލްތަކެއެވެ. އަނެއް މިސާލެއްގެ ގޮތުން ދިވެހި ރާއްޖޭގައި އިސްލާމީ ޝަރީއަތުގައި މަރުގެ ހުކުމް ތަންފީޒްނުކުރެވުމުގެ ސަބަބުން މި ކުޑަކުޑަ ގައުމުގައި ގާތިލުންގެ އަދަދު ގިނަވެ، އިންސާނީ ނަފްސުގެ ކަރާމާތާއި އޭގެ އަގު އެބައިމީހުންގެ ކައިރީގައި ނެތި ކޮށާލާނޭކަމުގެ ނުވަތަ ކަޓަރު އަޅާފާނޭކަމުގެ ބިރުވެރިކަމުގެ ތެރޭގައި ގެއިން ބޭރަށް ނުކުންނަން ބިރުގަތުމެވެ.
އިސްލާމްދީންގައި ނަފްސު ރައްކާތެރިކޮށް ހުރުމަތްތެރިވެގެންވާ އެއްޗެއްކަން ސާބިތްކޮށްދެޭ އެހެންކަންތައްތައް ނުވަތަ ހުކުމްތަކުގެ ތެރޭގައި ކާބޯތަކެތީގެ ތެރެއިން މޮޅަ މަސްކެއުމާއި އޫރު މަސް ކެއުންވަނީ ހަރާމް ކުރައްވާފައެވެ. އަދި އިންސާނާގެ ނަފްސަށް ގެއްލުން ދެނިވި ހުރިހާ ކަމަކުން ދުރުހެލިވުމަށް އިސްލާމްދީން ގޮވާލައެވެ. އަދި އިސްލާމް ދީނަކީ އިންސާނާގެ ނަފްސު ރައްކާތެރިކުރުމަށް އެންމެ ފުރިހަމަ ދީންކަން ހާމަވާ އަނެއް މިސާލަކީ އިސްލާމް ދީނުގައި މާ ބަނޑުމީހާގެ ފުރާނައަށް ގެއްލުމެއް ނެތްނަމަ ނުއުފަންނަ ކުޑަ ކުދިން އެބޯޝަން ކުރުންވެސް ވަނީ ހަރާންކުރައްވާފައެވެ. އެހެންކަމުން އިސްލާމީ ޝަރީއަތްވަނީ އިންސާނީ ނަފްސަށް އަމާންކަން ދެވިފައެވ