English Edition
Dhivehi Edition

މަޝްހޫރު ޓީވީ ތަރި ކަރަން ޕަޓޭލްއަށް ދަރިއަކު ލިބެން އުޅޭ ކަން އޭނާ ޔަގީންކޮށްދީފިއެވެ

އިންސްޓަގްރާމްގައި ކަރަން ވަނީ ބާޒާރުކޮތަޅުތަކާއެކު ‘ޔޭދިވާލީ ހޯގީ ބޭބީ ވާލީ’ ޖަހާފައިވާ ޕޯސްޓަރާއެކު އޭނާއަށް ދަރިއަކު ލިބެން އުޅޭ ހަބަރު ސަޕޯޓަރުންނާއި ހިއްސާކޮށްފައެވެ. އަންނަ ނޮވެމްބަރު މަހު އަންކީތާ ވިހާނެކަމަށް ކަރަން ބުނެފައިވާއިރު މި ދެމަފިރިންވެސް ދަނީ ލިބެން އުޅޭ ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ

2015 ވަނަ އަހަރު ކަރަން އާއި އަންކީތާ ކައިވެނިކޮށްފައިވާއިރު، ކުރިން އަންކީތާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ކަރަން އަކީ ވަރަށް ރަގަޅު ފިރިއެއް ކަމަށެވެ. “އަހަރެމެން ދެމީހުންނަކީ ވަރަށް ތަފާތު ދެމީހުން. އެކަމަކު ކައިވެންޏަށްފަހު ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަގަޅަށް. ކަރަން އަބަދުވެސް ބޭނުންވާނީ އަހަރެން ކައިރީގަ ހުންނަން. ” އަންކީތާ ބުނެފައިވެއެވެ