English Edition
Dhivehi Edition

އައިޖީއެމް ހޮސްޕިޓަލުގައި ޑެންގީ ހުން ޖެހިގެން ކުޑަ ތިން ކުއްޖަކު އެޑްމިޓްކޮށްފިއެވެ

މިދިޔަ އަންގާރަ ދުވަހު އައިޖީއެމްއެޗްގައި މަސައްކަތްކުރައްވާ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވިޓެއްގައި ވަނީ ތިން ކުއްޖަކު ޑެންގީ ޖެހިގެން އެ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައިވާކަން ހާމަކޮށްފައެވެ

ފައިސަލް ކުރެއްވި ޓުވިޓާގައި ވިދާޅުވީ 5 ދުވަހުގެ ތުއްތު ކުއްޖަކާއި 5 މަހުގެ ކުއްޖެއްގެ އިތުރުން ވެސް ކުއްޖަކު ހޮސްޕިޓަލަށް ގެނެސް އައިސީޔޫގައި ފަރުވާދެމުންދާކަމަށާއި އޭގެ ތެރެއިން އެއް ކުއްޖެއްގެ ލޭގެ ޕްރެޝަރު ދަށްވެ ޝޮކެއް ޖެހިފައިވާކަމަށެވެ. މީގެ އިތުރުން ފައިސަލް ވަނީ ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ކޮންޓްރޯލް ކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމަށް ޑެންގީ ހުމުން ރައްކާތެރިވުމަށްޓަކައި މަދިރި ކޮންޓްރޯލް ކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލާފައެވެ

ވޭތުވެ ދިޔަ ދެ އަހަރު ވެސް ކޮންމެ އަހަރެއްގެ މެދުތެރޭގައި ޑެންގޫ ޖެހޭ މީހުންގެ އަދަދު އިތުރުވެއެވެ