ސިޒޭރިއަންއަށްފަހު ހޮސްޕިޓަލުގައި އޮވެ މަސްތުވާތަކެތި ބޭނުންކުރި މީހެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
މިގޮތުން ފުލުހުން ވިދާޅުވީ އައިޖީއެމްއެޗްގައި މަސްތުވާތަކެތި ބޭނުންކުރި މައްސަލައެއް އެ މުއަސަސާޔަށް ހުށަހެޅި ބަލަމުންދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ ސީއެންއެމްގައި ވާގޮތުން އައިޖީއެމްއެޗްގެ އާއިމާރާތުގެ އަށްވަނަ ފަންގިފިލާގައި ސިޒޭރިއަށް ހެދުމަށްފަހު ބާއްވާފައި އޮތް ޒުވާނަކު މަސްތުވާތަކެތި ބޭނުންކޮށްފައި ވަނީ އެތަނުގެ ފާހާނާގައި ކަމަށް އެ ނޫހުގައި ވެއެވެ. ސީއެންއެމްގައި ވާގޮތުން އެކަން ފުލުހަށް އަންގާފައި ވަނީ އެ ޒުވާނާގެ އާއިލާއިންނެވެ.
މި މައްސަލަ ހިނގި ވޯޑުގައި ހުރި މީހަކު ބުނި ގޮތުގައި މި އަންހެންމީހާ ކޮންމެ ދުވަހަކުވެސް ފާހާނާއަށް ވަދެ އެތައް އިރެއް އެތާ ހޭދަކުރާ ކަމަށެވެ. މި މައްސަލަ ބޮޑުވެގެން އުޅެނިކޮށް ފުލުހުން އައިތަން އޭނާޔަށް ފެނުނީ ކަމަށް ވޯޑުގައި ހުރި މީހާ ބުންޏެވެ. އައިޖީއެމްއެޗުން މިކަން ދޮގުކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް މި މައްސަލަ އަކީ ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ މިކަމާއި ބެހޭ އިތުރު ތަފްސީލެއް ނުދެއެވެ.