English Edition
Dhivehi Edition

ފަނޑިޔާރުންގެ އަޤުލަބިއްޔަތުން ސާފުކޮށް ނިންމަވާފައި އޮތް އަމުރެއް ތަންފީޒު ނުކޮށް ފުލުހުންނާއި ސިފައިން ތިއްބެވީ ކީއްވެތީ ވިދާޅުވެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސަޢީދު ސުވާލުކޮށްފިއެވެ

މިއަދު ދިޔާނާ ކުރެއވި ޓުވިޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި 3 ފަނޑިޔާރުންގެ ނުބައި ނިޔަތެއް ނެތްކަމުގައި ދައުލަތުން ސަރީހަ ބަހުން ބުނެ އެއްބަސްވެފައިވާ ކަމަށާއި 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުނުކުރުމަކީ ބޮޑު އަރަތެއް ކަމުގައެވެ

1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާއިރު، ސަރުކާރުންވަނީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަށްފަހު އެ ދުވަހުގެރޭ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ