ގައުމުގެ އެންމެ މަތީ ކޯޓުން މީހަކު ކުށް ނުކުރާ ކަމަށް ކަނޑައެޅުމުން ދެން އެ ހުކުމުގެ ނަތީޖާ “އޯވާރީޗް” ކުރަން ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން ސަކަރާތް ޖަހަން އުޅޭ އުޅުމަކީ ވަރަށްވެސް ދެރަވަރު ކަމެއްކަމަށް ކުރީގެ ބަންޑާރަ ނާއިބު ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.
ދިޔާނާ މިހެން ވިދާޅުވީ ގއ. ވޮޑަމުލާ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ބާތިލްކުރުމާއި ގުޅިގެން އެމަނިކުފާނު ފުރާވަޑައިގެންފާނެ ކަމަށް ބައްލަވާ ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން އެ މަނިކުފާނު ފުރުން މަނާ އަމުރެއް ނެރުމާއި ގުޅިގެންނެވެ.
ރައީސް ޔާމީން ފުރުން މަނާކޮށް ނެރުނު އަމުރަކީ ކޯޓްގެ ފުރާޅުން ސަރުކާރުން އިސްވެ ޓިނު ނެގުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ދިޔާނާ ވިދާޅުވީ ‘އެކި ވެރިން ކޯޓުތަކުގެ ޓިނު ނަގަނީ އެކި ގޮތަށް’ ކަމަށެވެ. ސަރުކާރުން ކޯޓްތަކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާ ދިޔާނާ ވިދާޅުވީއުމުގެ އެންމެ މަތީ ކޯޓުން މީހަކު ކުށް ނުކުރާ ކަމަށް ކަނޑައެޅުމުން ދެން އެ ހުކުމުގެ ނަތީޖާ “އޯވާރީޗް” ކުރަން ފުލުހުންގެ މުއައްސަސާ ބޭނުންކޮށްގެން ސަކަރާތް ޖަހަން އުޅޭ އުޅުމަކީ ވަރަށްވެސް ދެރަވަރު ކަމެއް ކަމަށެވެ. އަދި ކޯޓުތަކަށް އަތް ބާނަން އުޅެވޭނީ މިހާވަރަށް ކަމަށް ދިޔާނާ ވަނީ ވިދާޅުވެފައެވެ.
ޝަރީއަތުގައި ހުރި މައްސަލަތަކަކާއި ގުޅިގެން ރައީސް ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރެދިނުމަށް ފުލުހުން އެދުމާއި ގުޅިގެން ކޯޓުން ވަނީ އެ އަމުރު ނެރެދީފައެވެ،