English Edition
Dhivehi Edition

ފާއިތުވި 40 އަހަރު ދުވަހު ވެސް އައްޑު އަތޮޅު ތަރައްގީވެފައި ނެތް ކަމަށް އެމްޑީޕީގެ ރިޔާސީ ޕްރައިަމރީގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ ކުރީގެ ބަންޑާރަ ނައިބު އަލް އުސްތާޛާ ދިޔާނާ ސައީދު ވިދާޅުވެއްޖެ އެވެ.

ދިޔާނާ މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ކެމްޕެއިން ދަތުރުގައި އައްޑޫ ސިޓީގައި ވާހަކަ ދައްކަވަމުން ނެވެ.

އައްޑޫ ސިޓީއަށް އަސާސީ ޚިދުމަތްތައް އޭރުވެސް އަދި މިހާރުވެސް އެންމެ އެކަށީގެންވާ މިންވަރަށް ލިބެމުން ނުދާކަމަށް ދިޔާނާ ވިދާޅުވި އެވެ.

ދިޔާނާ ވިދާޅުވީ އައްޑު އަކީ ބޮޑު އާބާދީއެއް އޮންނަ ރަށަކަށްވާއިރު، އަސާސީ ޚިދުމަތްތަކުގެ ތެރެއިން ރަނގަޅު ތައުލީމާއި، ރަނގަޅު ސިއްހީ ޚިދުމަތާއި ވަޒީފާގެ ފުރުސަތުތަކަކީ ވަރަށް ބޮޑަށް ބޭނުންޖެހިފައިވާ ކަންކަން ކަމަށެވެ.

އެހެންނަމަވެސް މިކަން ކަމަށް އެދެވޭ ހައްލެއް ލިބިފައިނުވާކަމަށް ދިޔާނާ ވިދާޅުވި އެވެ.

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އައްޑޫ އަތޮޅުގައި 8000 ޓުއަރިސްޓް ބެޑް ގާއިމް ކުރައްވާ ވަޒީފާތައް އައްޑު އަތޮޅުގެ ރައްޔިތުންނަށް ހަމަޖައްސަައި ދެއްވަން ވައުދުވެވަޑަައިގެންނެވިނަމަވެސް މިހާތަނަށް ވެސް އެކަން ކުރެވިފައި ނުވާ ކަމަށް ދިޔާނާ ވިދާޅުވި އެވެ.