English Edition
Dhivehi Edition

މިނިވަންކަޕް 2017 ގުރޫޕް ސްޓޭޖްގެ ފަހު މެޗު ސައުތު ބްލޫސް އިން ކާމިޔާބުކޮށްފިއެވެ. ފަހަތުން އަރާ ފެނަކަ ބަލިކޮށް ސައުތު ބްލޫސް އިން މި މެޗު ކާމިޔާބުކުރީ 6 ލަނޑު 4 ލަނޑުންނެވެ. މި މެޗުގައި ދެ ޓީމުންވެސް މޮޅު ކުޅުމެއް ކުޅެފައިވާއިރު މެޗުގެ ފުރަތަމަ ލަނޑު ފެނަކަ ޓީމަށް ކަމިޔާބުކޮށްދިނީ އަހްމަދު ހަލީމުއެވެ. މެޗުގެ ބާރަވަނަ މިނިޓުގައި ފައްތޭ އެ ޓީމަށް ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު ސައުތު ބްލޫސްއިން ވަނީ އެ ޓިމުގެ ޑިފެންސް ވަރުގަދަކޮށްފައެވެ. ސައުތު ބްލުސްގެ ފުރަތަމަ ގޯލު މެޗުގެ އަށާރަވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އަހްމަދު ސޯބާހުއެވެ. ދެ ޓީމުގެ ފަރާތުންވެސް ގިނަ ފައުލް ތަކެއް ފެނިގެން ދިޔަ މި މެޗުގައި ފެނަކަ އިން ކާމިޔާބުކުރި ތިންވަނަ ލަނޑަކީ ފަސް ފައުލް ހަމަވެ އެ ޓީމަށް ލިބުނު ޕެނެލްޓީއަކު ހަލީމު ކަމިޔާބުކޮށްދިން ލަނޑެކެވެ. މެޗުގެ ދެވަނަ ހާފްގައި ސައުތު ބްލޫސްގެ ސާދު ޖެހި ދެވަނަ ލަނޑާއެކު އެ ޓީމުންވަނީ ކައިރި ކައިރީގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. މި ގޮތުން މެޗުގެ ބަވީސްވަނަ މިނިޓްގައި ސަބާހު ޖެހި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ އެއްވަރުވެފައެވެ. ސައުތު ބްލޫސްގެ ސާދުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި އޭނާ ވަނީ އެ ޓީމަށް އިތުރު ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ފެނަކަ ޓީމުގެ ހަތަރުވަނަ ގޯލަކީ މެޗުގެ ތިރީސްދެވަނަ މިނިޓްގައި ފައްތޭ ކާމިޔާބުކޮށް ދިން ލަނޑެކެވެ. މި މެޗުގެ ސައުތު ބްލޫސްގެ ހަވަނަ ލަނޑަކީ ސާދު ފޮނުވާލު ބޯޅަ ފެނަކަ ޓީމުގެ ކުޅުންތެރިއެއް ގައިގައި ޖެހިފަ ވަން ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސައުތު ބްލޫސްގެ ސާދުއެވެ. މުބާރާތުގައި ފެނަކަ ޓީމު ކުޅުނު ދެ މެޗުން އެ ޓީމު ބަލިވެފައިވާއިރު ޓީމުގެ މެނޭޖްމެންޓްއިން ބުނެފައިވަނީ ފުރަތަމަ ބަލިވި މެޗަކީ ރަގަޅު ކުޅުމެއް ކުޅެވުނު ނަމަ ބަލިކޮށްލެވޭނެވަރުގެ ޓީމަކާއެކު ކުޅުނު މެޗެއް ކަމުގައެވެ. މިރޭގެ މެޗުން ބަލިވީ ރަގަޅަށް ނުކުޅެވުމުންކަމުގައި އެ ޓީމުންވަނީ ބުނެފައެވެ. މީގެ އިތުރުން އެ ޓީމުން ބުނެފައިވަނީ މި މުބާރާތުގައި ވާދަކުރާ އެންމެ މޮޅު ޓީމަކީ މަރަދޫ އެފްސީ ކަމުގައެވެ. މަދަމާރޭ ވެސް މި މުބާރާތުގެ ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގެ ސެމީއަށް މަރަދޫ އެފްސީ އާއި އޭޓީ ދަތުރުކޮށްފައިވާއިރު މާދަމާ ރޭ ކުޅޭ މެޗަށް ފަހު ސެމީއަށް ދަތުރުކުރާ ޓީމުތައް އެގިގެންދާނެއެވެ. ހުޅުދޫ ފުޓްސެލް ދަނޑުގައި މަދަމާރޭ 20:30 ގައި ފެށުމަށްހަމަޖެހިފައިވަ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މަންތަރަ އާއި މަލްޓި ޖީނިއަސްއެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ސައުތު ބްލޫސް އާއި ރޯސޯޓް ބޯއިސްއެވެ.