ފްރާންސްގެ ދަރިވަރުންނަށް ތުރުކީގެ ޔުނިވަރސިޓީތަކުގައި ކިޔެވުމުގެ ފުރުސަތު ނުދިނުމަށް އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ، ކަމާ ބެހޭ ކޮމިޓީން ނިންމައިފިއެވެ
ތުރުކީގެ ގާނޫން ހަދާ މަޖިލީހުން މިގޮތަށް ނިންމީ ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް އުނިކުރުމަށް ފަރަންސޭސިވިލާތުން ގޮވާލުމާއި ގުޅިގެންނެވެ. މި ކަމާއި ގުޅިގެން ތުރުކީގެ ޤައުމީ ތަޢުލީމާއި ސަޤާފަތާއި ޒުވާނުން އަދި ކުޅިވަރާ ބެހޭ ކޮމިޓީގެ މުގައްރިރު އެމްރުﷲ އިސްލާ ބުނެފައިވަނީ ފްރާންސްގެ މި ގޮވާލުން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ
ފްރާންސްގެ ސިޔާސީ ދާއިރާގެ ބައެއް ފުންނާބު އުސް މީހުން ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތައް އުނިކުރުމަށް ގޮވާލާފައިވާއިރު މި ގޮވާލި ފަރާތްތަކުގެ ސޮއިކޮށްފައިވާ ބަޔާނެއްވެސް އެމީހުން ވަނީ ނެރެފައެވެ