English Edition
Dhivehi Edition

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށް ޖުމްހޫރީ ޕާޓީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހު ވިދާޅުވެއްޖެ އެވެ

މިއަދު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔަތުންނަށްޓަކައި ގާސިމް ވެ ވަޑައިގަތް ގުރުބާނީ އަކީ ކޮންމެ ދިވެހި ރައްޔަތަކަށްވެސް އެނގޭނެ ކަމެއް ކަމަށެވެ. މީގ އިތުރުން ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީގެ މެންބަރު ޑރ. އަބްދުއްﷲ މައުސޫމް ވިދާޅުވީ އެ ޕާޓީ އަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއާ ހަމަޔަށް ދިޔުމަށް ވެސް ފުރުސަތު އޮތް ޕާޓީ އެއް ކަމަށެވެ

އެ ޕަޓީގެ އިސްމަގާމުތަކުގައި ތިއްބެވި ބޭފުޅުން ގާސިމް އިބްރާހީމް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވާއިރު 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިޚާބުގައި ބައިވެރި ނުވެވޭ ގޮތަށް ގާނޫނު އަސާސީ ވަނީ އިސްލާހުކޮށްފައެވެ