English Edition
Dhivehi Edition

އަށް އަހަރުވަންދެން އުޅުނީ ގަބޫލުކުރަން އުދަގޫ ކަންތައްތަކެއްގެ މައްޗަށް ބަރޯސާވެގެން ކަމުގައި ޔޭހޭ މުހާބަތޭން ގެ ތަރި ދިވްޔަންކާ ބުނެފިއެވެ

މިހާރު އަލަށް ދައްކަމުންދާ ރިއާލިޓީ ޝޯ ‘ޖަޒްބާތް’ ގައި ދިވްޔަންކާގެ ކުރީގެ ލޯބިވެރިޔާ އާއި ބެހޭ ގޮތުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އަށް އަހަރު ދުވަހުގެ ، ކޮންމެ ދުވަހަކީވެސް ދިރިއުޅުން ނިމުމަކަށް އަންނަ ކަމުގެ އިހްސާސްކުރެވުނު ދުވަހެއް ކަމަށެވެ. ކުރީގެ ލޯބިވެރިޔާއި ބެހޭ ގޮތުން ސުވާލުކުރުމުން ދިވްޔަންކާ ވަރަށް ބޮޑަށް ހިތުގައި ޖެހިފައިވާއިރު އޭނާގެ ކުރީގެ ލޯބިވެރިޔާ ޝަރަދް މީގެ ކުރިން ދިން އިންޓަވިއުއްގައި ބުނެފައިވަނީ ދިވްޔާންކާ އާއި ދެމީހުން ރުޅިވުމުން ވަރަށް ގިނަ މީހުން އެކަމާއި ފާޑުކިޔާފައިވާކަމަށެވެ. ‘ރައްޓެހިވެގެން އުޅޭ އިރު ވަރަށް ލޯބިވާނެ. އެކަމަކު ރުޅިވުމުން އެކަކު އަނެކަކަށް ވަރަށް ހަޑިކޮށް ކަންތައް މިކުރަނީ. އަހަރެންގެ ވާހަކަ އަކީ ލޯބިވާއިރު އެކަން ހާމަކުރާށޭ. އަދި ރުޅިވެއްޖެއްޔާ އެކަކު އަނެކަކަށް އިހްތިރާމް ކުރާށޭ.އެގިގެންވެސް، ނޭގިވެސް މީހުން ހިތުގަ ނުޖައްސާށޭ. އަހަންނަނަށްވެސް ނޭގި ވަރަށް ގިނަ މީހުންގެ ހިތުގަ ޖެއްސިފަވަނީ” ޝަރަދް އިންޓަވިއުގައި ވަނީ ބުނެފައެވެ

މީގެ އިތުރުން ޝަރަދް އޭރު ބުނެފައިވަނީ އޭނާއަށްވެސް ދިރިއުޅުމުގައި ވަރަށް ގިނަ ގޯސްތަކެއް ހެދިފައިވާ ކަމަށާއި އެ ކަންތައްތަކުން ފިލާވަޅު ލިބިފައިވާކަމަށެވެ.

ދިވްޔަންކާ އާއި ޝަރަދް އެކުގައި ބަނޫ މޭ ތޭރި ދުލްހަން ކުޅުނު ދުވަސްވަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެމީހުން ވަކިވީ 2015 ވަނަ އަހަރު ގައެވެ.