ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދް – ސ.އަތޮޅު ސްކޫލް މީޑިއާ
މައިލޯ އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ހޮވި ގަދަ 10 ކުޅުންތެރިންގެ ތެރޭގައި ސ.އަތޮޅު ސްކޫލްގެ 3 ދަރިވަރުން ހިމެނިއްޖެ އެވެ.
މި ތިން ކުޅުންތެރިންނަކީ ހަސަން ސަހާފް، ރަޔަން މުއްސަދު އަދި މުހަންމަދު ޒާލިފެވެ
ނިމިގެން ދިޔަ މައިލޯ އިންޓަރ ސްކޫލް މުބާރާތުގެ 16 އަހަރުން ދަށުގެ ފައިނަލުގައި ސ.އަތޮޅު ސްކޫލާއި ޝަރަފުއްދީން ސްކޫލް ބައްދަލުކުރި މެޗް ޝަރަފުއްދީން ސްކޫލުން ކާމިޔާބުކުރުމުން، ރަނަރ އަޕް ޓީމްގެ މަޤާމް ސ.އަތޮޅު ސްކޫލަށް ލިބުނެވެ. އަދި މުބާރާތުގެ ފެއަރ ޕްލޭ ޓީމް އަކަށްވެސް ސ.އަތޮޅު ސްކޫލް ވަނީ ހޮވިފައެވެ. މި މެޗުގައި ނާކާމިޔާބީ އާ ކުރިމަތިވިޔަސް، މުބާރާތުގެ ރަން ވަނަތަކެއް ސ.އަތޮޅު ސްކޫލުން ހޯދިއެވެ.
އޭގެ ތެރޭގައި
* އެންމެ މޮޅު ގޯލް ކީޕަރު – އަހްމަދު ހިޔާމް
* ފެއަރ ޕްލޭ ކުޅުންތެރިޔާ – ޙަސަން ސަހާފް
* ޓޮޕް ސްކޯރަރ: ހަސަން ސަހާފް ހިމެނެއެވެ.
އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި 16އަހަރު އަދި 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ނެގީ ޝަރަފުއްދީން ސްކޫލެވެ. ފާއިތުވި އަހަރު ޗެމްޕިއަންކަން ނެގީ ޝަމްސުއްދީން ސްކޫލެވެ.
މި މެޗުގައި ސ.އަތޮޅު ސްކޫލަށް ސަޕޯޓުކުރުމަށް ސަޕޯރޓަރުންނަށް ދެވޭނެ އިންތިޒާމު ސ.އަތޮޅު ސްކޫލުން ހަމަޖެއްސިއެވެ. އަދި ޓީމަށް ރަށުން ހޫނު މަރުހަބާއެއްވެސް ވަނީ ކިޔާފައެވެ.