English Edition
Dhivehi Edition

2019ވަނަ އަހަރު ސ.އަތޮޅު މަދަރުސާގެ ކެޕްޓަނަކަށް ގްރޭޑް 10ގެ ދަރިވަރު، ފާޠިމަތު ޝަމްލާ ހޮވައިފިއެވެ.

ރޭ ސ.އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި މަތީ މަގާމު ތަކަށް ހޮވުނު ދަރިވަރުންނާ މަގާމުގެ ލިޔުން ހަވާލުކޮށް ދެއްވެވީ ހަފްލާގެ ޝަރަފުވެރި މެޙްމާނު އައްޑޫ ހައި ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ނަދީމެވެ. ސްކޫލްގެ ޑެޕިއުޓީ ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރުނ މަނާއިމް މުހައްމަދެވެ. އަދި އެކްޓިވިޓީސް ކެޕްޓަނަކަށް ހޮވިފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ތިބްނާ ނަސީރު އެވެ.

 

ރޭގެ ރަސްމިއްޔާތުގައި ދަރިވަރުންނާއި މުހާތަބުކޮށް ވާހަކަދައްކަވަމުން ޖަލްސާގެ ޝަރަފްވެރި މެހުމާނު، އިބްރާހިމް ނަދީމް ވަނީ ސްކޫލް ދަރިވަރުންނަކީ ނަސީބު ގަދަ ބައެއްކަމާއި ލިބިފައިވާ ނިޢުމަތްތަކުގެ ބޭނުންހިފައި، ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް ނަޞޭޙަތްތެރިވެފައެވެ. އިތުރަށް ވާހަކަދައްކަވަމުން ނަދީމް ވިދާޅުވީ ހިލޭ ކިޔެވެން އޮތްވާ އެ ފުރުޞަތު ދޫކޮށްގެން ނުވާނެކަމަށެވެ. އަދި ޑިގްރީއަށް ހިލޭ ކިޔެވުމުގެ ފުރުޞަތު ލިބިފައި އޮތުމަކީ މިއަދުގެ ޖީލަށް ލިބިފައިވާ އުފާވެރި ޚަބަރެއްކަމުގައި އަލި އަޅުވާލާފައެވެ. ޖަލްސާގައި ވާހަކަ ދައްކަމުން ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވަނީ ކޮންމެ ޒިންމާއަކާ އެކު މަސްއޫލިއްޔަތު ތަކެއް ވާކަމާއި ސްކޫލުތެރޭގައްޔާއި މުޖުތަމައުގައިވެސް ޒިންމާދާރު ބަޔަކަށް ވުމަށް މަސައްކަތްކުރުމަށް ހަނދާންކޮށްދެއްވާފައެވެ.

ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވިދާޅުވީ މަޤާމްތަކާއި ޙަވާލުވުމަކީ އެއްރެއަކުން ނިމޭނެފަދަ މަސްޢޫލިއްޔަތެއް ނޫންކަމަށާއި، އަމިއްލައަށް ބައިވަރު ޒިންމާތަކެއް ނަގައި އެ ޒިންމާތައް އަދާކުރުންމަތީ ދެމިތިބެން ޖެހޭނެކަމަށެވެ. އަދި ސްކޫލް ދައުރު ނިންމާލައިފައިވެސް މުޖުތަމަޢުގައި އިސް ލީޑަރުންގެ ގޮތުގައި ފަސްނުޖެހި ތިބެން ޖެހޭނެކަމަށެވެ.

މި ރަސްމިއްޔާތުގައި ހުޅުދޫ-މީދޫގެ އެކިއެކި މުޢައްސަސާތަކުގެ އިސްވެރިންނާއި އިއްޒަތްތެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައިވެއެވެ.