English Edition
Dhivehi Edition

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ، މިފްކޯއިން ކޮންމެ އަހަރަކުވެސް ރޯދަމަހާ ދިމާކޮށް ރިޔަށް ގެންދާ “އޮބިނޯވޭ” ޕްރޮމޯޝަން ފަށައިފިއެވެ

އޭޕްރިލް 30 އިން ފެށިގެން ރޯދަމަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މިޕްރޮމޯޝަންގައި 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ.

މިއަހަރުވެސް މި ޕްރޮމޯޝަންގެ ދަށުން މިފްކޯގެ މާލޭގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް ގިނަ އިނާމުތަކެއް ލިބިގެންދާނެއެވެ. މމިއަހަރުގެ ޕްރޮމޯޝަންގައި ގުރުއަތުން ނެގޭ ދިހަ ފަރާތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާއިރު،މިއަހަރުގެ އިނާމްތަކުގެ ތެރޭގައި އުމްރާ ދަތުރާއި އައިސް އަލަމާރިއާއި ޓީވީ ހިމެނެއެވެ

މިފްކޯއިން ބުނެފައިވަނީ ކޮންމެ ރޯދަމަހަކު އެކުންފުނިން ޢާންމުނަށް ފަސޭހަ ވާނެފަދަ އެކިއެކި އުފެއްދުންތައް ނެރޭކަމަށާއި މިއަހަރުގެ ރޯދަމަހަށްވެސް އެފަދަ އުފެއްދުންތައް ނެރުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އި މިއަހަރުގެ ރޯދަމަހާ ދިމާކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް މިފްކޯގެ މަހުގެ ބާވަތްތައް ސްޓޮކް ހުސްނުވެ ލިބޭނެކަމުގެ ޔަޤީންކަން މިފްކޯއިންވަނީ ދީފައެވެ

މިފްކޯއިން ބުނީ ރޯދަމަހުގެ ތެރޭގައި މާލޭގެ ފިހާރަތަކާއި އަތޮޅުތަކުގައި ހުންނަ އެސްޓީއޯ ފިހާރަތަކުންވެސް މިފްކޯގެ ހުރިހާ އުފެއްދުންތަކެއް ލިބޭނެކަމަށާއި ރާއްޖޭގެ 14 ސަރަޙައްދުގައި ހުންނަ އެސްޓީއޯގެ ފިހާރަތަކުންވެސް މަސްދަޅު ލިބޭނެކަމަށެވެ

ޓެގު