English Edition
Dhivehi Edition

އައްޑޫސިޓީގެ ހުޅުދޫ އަވަށު ފުޓްބޯޅަދަނޑުގައި ލައިޓްޕޯސްޓް ހަރުކޮށް ކަރަންޓު ގުޅައިދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ

މި މަސައްކަތާއި ގުޅޭ ބީލަން ފޯމް 29 އެޕްރީލް ވާ އާދިއްތަ ދުވަހުގެ 10:00 ފެށިގެން 03 މެއި 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ނިޔަލަށް އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި ހުޅުދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެކަމަށް ކައުންސިލްގެ އިއުލާންގައިވަނީ ބަޔާންކޮށްފައެވެ. ބީލަން ފޯމެއްގެ އަގަކީ 300ރ (ތިން ސަތޭކަ ރުފިޔާ) އެވެ

ބީލަން ހުޅުވުން 07 މެއި 2018 ވާ ހޯމަ ދުވަހުގެ 12:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލު އަދި ހުޅުދޫ އަވަށު އޮފީހުގައި ކުރިއަށް ގެންދިއުމަށްވަނީ ނިންމާފައެވެ

ބީލަމާއި ގުޅިގެން މައުލޫމާތެއް ސާފުކުރައްވަންޖެހޭ ކަމަށްވާނަމަ 29 އެޕްރީލް 2018 ވާ އާދިއްތަ ދުވަހުން ފެށިގެން 06 މެއި 2018 ވާ އާދިއްތަ ދުވަހުގެ 10:00 އާއި ދެމެދު [email protected] އެޑްރެހަށް މެއިލްކުރުމަށް އެ އިދާރާއިންވަނީ އެދިފައެވެ