English Edition
Dhivehi Edition

ލިޔުނީ : ހިޒްޔަމް ހާމިދު (ސ.އަތޮޅު މަދަރުސާ ސްކޫލް މީޑިއާ)

އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ފައިނަލް މެޗުގައި ހިތަދޫ ސްކޫލާ ވާދަކުރި މެޗް ސ.އަތޮޅު ސްކޫލުން ކާމިޔާބުކޮށް، އުމުރުފުރައިގެ ޗެމްޕިއަންކަން ނަގައިފި އެވެ.

6-17ގެ ނަތީޖާއަކުން މި މެޗް ސ.އަތޮޅު ސްކޫލުން ކާމިޔާބުކުރި އިރު، ސްކޫލަށް ސަޕޯރޓްކުރަން ސްކޫލުގެ ދަރިވަރުން ދިޔައެވެ. މި މެޗުގައި ސ.އަތޮޅު ސްކޫލްގެ ފަރާތުން ހުނަރުވެރި މޮޅު ކުޅުމެއް ފެނިގެން ދިޔައިރު ގިނަ އެޓޭކްތައްވެސް ކޮށްފައިވަނީ ސ.އަތޮޅު ސްކޫލުންނެވެ.

މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވާފައިވަނީ ސ.އަތޮޅު ސްކޫލުގެ ހައްވާ މައިސާ އެވެ.

17އަހަރުން ދަށުގެ އުމުރުފުރާގެ ގަދަ 7ގައި އަތޮޅު ސްކޫލުގެ 3 ކުޅުންތެރިން ހިމެނުނެވެ. އެއީ ސ.އަތޮޅު ސްކޫލްގެ މައިސާއާއި އަމީޝާ އާއި ސާއިން އެވެ. އަދި މި ޓީމުގެ ކެޕްޓަންކަން މަރިޔަމް ފައިހާ ޝަރީފް ކޮށްފައިވާއިރު ކޯޗް ކޮށްދީފައިވަނީ ސްކޫލްގެ މުދައްރިސް ފާޠިމަތު ސައުނާ އެވެ.

ކާމިޔާބީ އަށް ފަހު ސ.އަތޮޅު ސްކޫލުން ވަނީ ސްކޫލްގެ ނެޓްބޯޅަ ޓީމަށް ހޫނު މަރުހަބާއެއް ކިޔައި ޝުކުރު އަދާކޮށްފައެވެ. އަދި މި ކާމިޔާބީ ލިބުނީތީ އުފާ ފައުޅު ކޮށްފައެވެ.

ސ.އަތޮޅު ސްކޫލުން އެ ސްކޫލުގެ ދަރިވަރުންގެ ކުރިއެރުމަށްޓަކައި ގިނަ ގުނަ ފުރުޞަތުތައް ހުޅުވައިދެއެވެ. މިގޮތުން މާދަމާ އެ ސްކޫލުގެ ފުޓްބޯޅަ ޓީމް އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގައި ފޭދޫ ސްކޫލާ ބައްދަލުކޮށް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅޭނެއެވެ.