ލިޔުނީ: ހިޒްޔަމް ހާމިދު (ސ.އަތޮޅު މަދަރުސާ)
ސ.އަތޮޅު މަދަރުސާގެ ބެސްޓް އޯލް ރައުންޑް ކެޑޭޓްކަން ސްޓާފް ސާޖަންޓް ފާޠިމަތު މައިޝާ މުސްތަފާ ހޯދައިފިއެވެ.
މައިޝާވަނީ ކެޑޭޓް ވިތު ބެސްޓް އެކެޑެމިކްސްކަންވެސް ހޯދާފައެވެ.
2 ނޮވެމްބަރު 2019ވީ ހޮނިހިރު ދުވަހު ސ.އަތޮޅު މަދަރުސާ ހޯލުގައި ބޭއްވި އިނާމު ދިނުމުގެ ޖަލްސާގައިވަނީ ބެސްޓް ބޭންސްމަންއަކަށް ޒާނާ އިބްރާހިމް އަދި ބޭންޑްސްމަން ވިތު ބެސްޓް އެކެޑެމިކްސްކަން ފާޠިމަތު މާޔާ ޝަރީފުވަނީ ހޯދާފައެވެ.
އޭއޯ ނިއުސްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މައިޝާ ބުނީ ކެޑޭޓަށްދާން ފެށީ އިތުރު ޙަރަކާތެއް ގޮތުގައި ކަމަށެވެ. އަދި ކެޑޭޓްގައި އުޅުމުގެ ސަބަބުން އައު އެތަކެއް ކަމެއް ދަސްވެ، އައު ފިލާވަޅުތައް ލިބުނުކަމަށެވެ.
މައިޝާ ވަނީ 2016ވަނަ އަހަރު ގިރިފުށި ޓްރެއިނިންގ ސެންޓަރުގައި އޮތް ޤައުމީ ކެޑޭޓް ކޭމްޕުގައިވެސް ބައިވެރިވެފައެވެ.
މައިޝާއަކީ އެރޭގެ ޖަލްސާގައި އޯލެވެލް ބެސްޓް އޯލްރައުންޑްވެސް ހޯދި ދަރިވަރެވެ. މީގެ އިތުރުން މައިޝާއަށް ވަނީ ތަފާތު އެތައް އިނާމުތަކެއް ލިބިފައެވެ.
ސ.އަތޮޅު މަދަރުސާއަކީ ދަރިވަރުންގެ ތައުލީމަށްޓަކައި ބުރަ މަސައްކަތްތައް ކުރަމުން އަންނަ، ކެޑޭޓް ފަދަ އިތުރު ހަރަކާތްތައްވެސް ފުޅާކޮށް ހިންގަމުން އަންނަ ސްކޫލެކެވެ.