English Edition
Dhivehi Edition
ފޮޓޯ: އަލީ މުންސިފު

އައްޑޫ ސިޓީ ހުޅުދޫ މީދޫ މިވަގުތު މޮނިޓަރިން ގެ ހާލަތުގައި އޮތުމާއިއެކު، އެ ހާލަތު އުވާލަންދެން ސ. އަތޮޅުމަދަރުސާގެ ކިޔެވުން މެދުކަނޑާލާފައިވާ ކަމަށް އެ ސްކޫލުން ބުނެފިއެވެ.

ސ. އަތޮޅު މަދަރުސާއިން ކިޔެވުން މެދުކަނޑާލާފައި ވާކަން ހާމަކޮށްފައިވަނީ، ހުޅުމީދޫ އެމްޓީސީސީ ސައިޓްގައި މަސައްކަތްކުރާ ބިދޭސީންތަކެއް ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މި ދެއަށް މޮނިޓަރިން އަށް ލާފައިވާތީއެވެ.ކިޔެވުން މިވަގުތަށް މެދުކަނޑާލިކަން ހާމަކުރަމުން ސްކޫލްގެ ލީޑިންގ ޓިޗަރ ސައުނާ ވިދާޅުވީ، މިވަގުތު އެޗް.ޕީ.އޭ ގެ ޤަވައިދާއި އެއްގޮތަށް އަމަލުކުރުމަށް ކިޔެވުން މެދުކަނޑާލި ނަމަވެސް މިރޭވެސް މޮނިޓަރިންގެ ހާލަތު އުވާލެވިއްޖެނަމަ މާދަމާ ސްކޫލްގެ ކިޔެވުން އޮންނާނެ ކަމަށެވެ.

ހުޅުމީދޫ އިން ޕޮޒިޓިވްވި 10 މީހުންނާއެކު މިހާރު އެ ރަށުން ޖުމްލަ 16 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ، މިހާތަނަށް ނެގި ސާމްޕަލްތަލުން ކޮވިޑަށް ފައްސިވެފައިވަނީ ރަށުގެ ބަނދަރު ސަރަހައްދުގައި ހުންނަ އެމްޓީސީސީ ސައިޓުގައި މަސައްކަތް ކުރާ ބިދޭސީންނެވެ.

މި ހާލަތާއި ގުޅިގެން ހުޅުދޫގެ ކައުންސިލަރ ވަނީ، މިހާލަތުގައި މި ދެ އަވަށުގެ ހުރިހާ ރައްޔަތިންވެސް އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އިލްތިމާޒުކޮށްފައެވެ.