English Edition
Dhivehi Edition

ލިޔުނީ: މުހައްމަދު ހިޒްޔަމް ހާމިދު

މަމެން އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 16 އަހަރުން ދަށުގެ އެންމެ މޮޅު ކީޕަރަކަށް ސ.އަތޮޅު ސްކޫލްގެ ލިވާޒް، އަދި އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން ރަޔަންއާއި ސަހާފް ހިމެނިއްޖެއެވެ.

ހޮނިހިރު ދުވަހު ބޭއްވި ކްލޯޒިންގ ސެރެމޮނީގައި ސ.އަތޮޅު ސްކޫލަށް ވަނީ 16 އަހަރުން ދަށުގެ ފެއަރޕްލޭކަންވެސް ލިބިފައެވެ.

އިނާމު ދިނުމުގެ ހަފްލާއަށްފަހު މައުލޫމަތު ދެމުން ޓީމްގެ ކެޕްޓަން ހަސަން ސަހާފު ބުނީ ދެން ފަހަރެއްގައި މިއަށްވުރެ ރަނގަޅަށް މަސައްކަތްކޮށްގެން ފައިނަލަށް ދާން އަޒުމުކަނޑއަޅާނެކަމަށެވެ.

މި އަހަރު ސ.އަތޮޅު މަދަރުސާގެ 16 އަހަރުން ދަށުގެ ޓީމްވަނީ އިރުޝާދިއްޔާ ސްކޫލާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ، މުބާރާތުން ކަޓާފައެވެ.

ގިނަ މީހުން ބުނާ ގޮތުގައި މި މެޗުގައި ސ.އަތޮޅު ސްކޫލް ބަލިވީ ރެފްރީގެ ނިންމުންތައް ގޯސްވުމުގެ ސަބަބުންނެވެ.

މި މުބާރާތުގެ ފައިނަލްގައި ކުޅެފައިވަނީ ޝަރަފުއްދީން ސްކޫލާއި އިރުޝާދިއްޔާ ސްކޫލެވެ. އަދި އިރުޝާދިއްޔާ ސްކޫލުން ވަނީ ޕެނަލްޓީ ޖަހައިގެން މި މުބާރާތުގެ ޗެމްޕިއަންކަވެސް ހޯދާފައެވެ.