English Edition
Dhivehi Edition

ސ.އަތޮޅު މަދަރުސާއިން އާރތު އަވަރ 2019 ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.

ރޭ 8:30 އިން 9:30 އަށް ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި މުޅި ސްކޫލުންވެސް ވަނީ އެއް ގަޑިއިރަށް ކަރަންޓު ކަނޑާފައެވެ.

ސްކޫލްގެ އިސް ދަރިވަރުންވެސް ބައިވެރިވި މި ޙަރަކާތް ހިންގާފައިވަނީ ހުޅުދޫ-މީދޫ މެދެ ބަނދަރުގައެވެ. ދަރިވަރުންނާއި މުޚާޠަބު ކުރައްވަމުން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު ޒީނިޔާ ވިދާޅުވީ 2018ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އާރތު އަވަރ ފާހަގަކުރި ކުރުމުން އެތަކެއް ކިލޯވޯލްޓްގެ ކަރަންޓުވަނީ ސަލާމަތްކުރެވިފައި ކަމަށެވެ. ހަމައެހެންމެ، ޒީނިޔާވަނީ އާރތު އަވަރގެ މުހިންމުކަން ދަރިވަރުންނަށް ބުނެދެއްވާފައެވެ.

ރޭގެ އިވެންޓުގައި ކޮންމެ ދަރިވަރަކުވެސް ވަނީ ދުނިޔެއަށްޓަކައި ކުރާނެ ކޮންމެވެސް އެއްކަމެއް ކަނޑައަޅައި އެއަށް މަސައްކަތްކުރަން ޢަޒުމު ކަނޑައަޅާފައެވެ.

އާރތު އަވަރ އަކީ ދުނިޔެއަަށްޓަކައި އަހަރެމެންގެ ކޮމިޓްމެންޓް ދެއްކުމަށްޓަކައި އެއްގަޑިއިރަށް ކަރަންޓުގެ ބޭނުުން ކުޑަކުރާ އިވެންޓެކެވެ. މި އިވެންޓް އޮންނަނީ ކޮންމެ އަހަރެއްގެ މާރޗްމަހުގެ އެންމެ ފަހު ހޮނިހިރު ދުވަހުގައެވެ.