English Edition
Dhivehi Edition

މަޝްހޫރު ފިލްމީ ތަރި ޝަރްދާ ކަޕޫރް ކައިވެނި ކުރާނީ، ޝަރްދާ ހިތް އެދޭ ކަހަލަ މީހަކާ ކަމުގައި ޝަރްދާގެ ބައްޕަ މަޝްހޫރު ފިލްމީ ތަރި ޝަކްތީ ކަޕޫރް ބުނެފިއެވެ

ޝަކްތީގެ ކުރިއަށް އޮތް ފިލްމު ‘ދަ ޖާނީ އޮފް ކަރްމާ’ ގެ ޓީސާ އަދި ޕޯސްޓާ ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ނޫސްވެރިން ޝަރްދާގެ ކައިވެންޏާއި ބެހޭ ގޮތުން ސުވާލުކުރުމުން ޝަކްތީ ބުނެފައިވަނީ ކޮންމެ ބައްޕައަކު ވެސް ބޭނުންވާނީ އެ މީހެއްގެ އަންހެން ދަރި ރަގަޅު އާއިލާއެއްގެ ރަގަޅު މީހަކާއި ކައިވެނިކުރުން ކަމަށެވެ. “އަހަރެން ގަބޫލުކުރަނީ ޝަރްދާ އަކީ ވަރަށް ވިސްނޭ ބޮޑު ކުއްޖެއް ކަމުގަ. އެހެންކަމުން އަހަރެން ބޭނުމެއް ނޫން ޝަރްދާއަށް ކައިވެންޏާއި ގުޅިގެން އެއްވެސް މަޖުބޫރީ އެއް ކުރުވާކަށް” ޝަކްތީ ބުނެފައިވެއެވެ

މީގެ އިތުރުން ޝަކްތީ ބުނެފައިވަނީ ދަރިން މައިންބަފައިން ބޭނުންވާ މީހުންނާއި ކައިވެނި ކުރުވުމަކީ މާ ބޯދާ ވިސްނުމެއް ކަމަށާއި ދަރިންނަށްވެސް މިނިވަންކަން އޮންނަން ވާނެ ކަމުގައެވެ. “ޝަރްދާ މިހާރު ފިލްމީ ދާއިރާގައި އޭނާގެ މުސްތަގުބަލު ބިނާ ކުރުމުގައި ވަރަށް ބުރަކޮށް އުޅެމުންދަނީ. ޝަރްދާ މިހާރުވެސް އައިސް އޭނާ ހިތް އެދޭ ކައިވެނި ކުރަން ބޭނުން ފަރާތެއް ހުރިއްޔާ ބުނަންވީ. އެކައިވެންޏަށް އަހަރެން ދެކޮޅެއް ނަހަދާނަން” ޝަކްތީ ވަނީ ބުނެފައެވެ

ޓެގު