English Edition
Dhivehi Edition

މި އަހަރު ހައްޖަށް ދިއުން ސައުދީ އަރަބިއާ އިން ނައިޖީރިއާ މީހުންނަށް މަނާކުރުން އެކަށީގެންވާ ކަމަށް ނައިޖިރިއާގެ ނޭޝަނަލް ހައްޖު ކޮމިޝަނުން ބުނެފި އެވެ

ނައިޖީރިއާގައި މިހާރު ފެތުރެމުންދާ ލައްސާ ނަމަކަށް ކިޔާ ނުރައްކާތެރި ހުމެއްގެ ސަބަބުން ސައުދީ އަރަބިއްޔާއިން ނައިޖީރިއާ މީހުން ހައްޖަށް ދިއުން މަނާކޮށްފާނެކަމަށް އެ ގައުމުން ލަފާކޮށްފައިވާއިރު މި އަހަރު ފެށުނު ފަހުން މި ހުމުގެ ސަބަބުން 90 މީހުން މަރުވެފަ އެވެ. އަދި ހާހަކަށް ވުރެ ގިނަ މީހުންނަށް ހުން ޖެހިގެން ރިޕޯޓްކޮށްފައިވާއިރު މި ހުމުގެ މާބޮޑު އަލާމާތްތަކެއް ގިނަ މީހުންނަކަށް ނުފެނެ އެވެ. މީދާ އަރާފައި ހުންނަ ކާނާ އިންސާނުން ކެއުމުގެ ސަބަބުން ޖެހޭ މި ބައްޔަކީ މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ

ލައްސާ ނަމަކަށް ކިޔާ ވައިރަހެއްގެ ސަބަބުން ޖެހޭ މިހުމުގެ ބައެއް އަލާމާތްކުގެ ތެރޭގައި ބޮލުގައި ރިއްސުމާއި ގައިބާރު ދެރަވުމާއި މެއި ނުބައިކޮށް ހޮޑުލުމާއި ބޭރަށް ހިންގުމާއި ކަރު ދުޅަވުމާއި ގައިގައި ރިއްސުން ހިމެނެ އެވެ.

ނައިޖީރިއާގެ ހައްޖު ކޮމިޝަނުގެ އިސް ފަރާތްތަކާއި ސަރުކާރުން މިކަމުގެ މަޝްވަރާތައް ކުރަމުން އަންނައިރު ނައިޖީރިއާ އިން މިދިޔަ އަހަރުވެސް 90،000 އަށް ވުރެ ގިނަ މީހުން ހައްޖަށް ދިޔަ އެވެ