މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ޙައްޖަށްދާ ޙައްޖާޖީން ފުރަން ފަށާނީ މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 6 ފްލައިޓެއްގައި ކަމަށާއި އެއީ ޖޫން މަހުގެ 12، 13، 15، 16 އަދި 19 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުން ކަމަށެވެ.
އެގޮތުން 12 ޖޫން ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ 290 ޙައްޖާޖީން ފުރާއިރު، 13 ޖޫން ގައި ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ހައްޖަށްދާ 90 ޙައްޖާޖީން ފުރުމަަށް ވަނީ ހަމަޖެހިފައެވެ. އަދި 15 ޖޫން ގައި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑުގެ 90 ޙައްޖާޖީން ފުރާއިރު، 16 ޖޫން ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 290 ޙައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 16 ޖޫން ގައި އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 90 ޙައްޖާޖީން ފުރުމަށް ނިންމާފައިވާއިރު، 19 ޖޫން ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ގެ 290 ޙައްޖާޖީން ފުރުމަށް ހަމަޖެހިފައި ވެއެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ޙައްޖުވެރިންނަށް ފަސޭހައިން ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އެގޮތުން ޙައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަޖެޓް ކަލެޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
އުމުރުން ދުވަސްވީ އަދި ބަލި މީހުންނަށް ކުދި ވެހިކަލްތަކުގައި، ބަހާހަމައަށް ގެންގޮސްދިނުމާއި، ޙައްޖުވެރިއާއާއި ޢާއިލާގެ ބޭފުޅުންނަށް ބަހުގައި ނުވަތަ އޭސީ ފެރީގައި އެއާޕޯޓަށް ދެވޭގޮތް ހަމަޖެއްސުމާއި، ފުރުމުގެ އެއްދުވަސް ކުރިން ފޮށިތައް އެއަރޕޯޓަށް ގެންގޮސްދިނުމުގެ އިންތިޒާމްތައް ވަނީ ހަމަޖެހިފައެވެ.
ޙައްޖަށް ވަޑައިގަންނަވާ ފަރާތްތަކަށް ޚާއްސަކޮށް ދަތުރުތައް ހަމަޖެހިފައިވާއިރު، މާލެއާއި ހުޅުމާލެ އަދި ވިލިމާލެއިން ފަސޭހަކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.
ބަސް ދަތުރުތަކާއި ފެރީ ދަތުރުތައް ހަމަޖެހިފައިވާގޮތް:
ބަސް ޕޮއިންޓްތައް
މާލެ
ހުޅުމާލެ ފޭސް 1
ހުޅުމާލެ ފޭސް 2
ވިލިނގިލި
ސަޢޫދީ ސަރުކާރުން މިއަހަރު ރާއްޖެއަށް ދެއްވާފައިވަނީ 1000 ކޯޓާއެވެ.