English Edition
Dhivehi Edition

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރަކޮށް ދޫނިދޫއަށް ގެންގޮސްފިއެވެ.ފާރިސް ހައްޔަރުކޮށްފައި މިވަނީ މިއަދު ހެނދުނު އޭނާގެ އަނބިކަނބަލުންގެ ގޭގައި ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓު ކޯޓު އަމުރެއްގެ ދަށުން ބެލުމަށްފަހުގައެވެ. ފާރިސް މައުމޫންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަތަމަ ނިންމީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ފާރިސް ގެންދިއުމަށްކަމަށެވެ.. އެހެންނަމަވެސް ފުލުހުންގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު ގެންދިޔައީ ދޫނިދު އަށްކަމަށް މައުމޫން ހަމީދުވަނީ ވިދާޅުވިއެވެ. މީގެ އިތުރުން މައުމޫން ހަމީދު ވިދާޅުވީ ހައްޔަރުކުރީ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މެމްބަރުންގެ ވޯޓު ހޯއްދެވުމަށްޓަކައި ނުފޫޒު ފޯރުވުމުގެ ތުހުމަތުގައި ކަމަށެވެ. ފާރިސް ދިރިއުޅުއްވާ އެޕާޓްމަންޓުން މިއަދު ޕެންޑްރައިވް އާއި ބައެއް ލިޔެކިޔުންތަކައް ފުލުހުންވަނީ ގެންގޮސްފައެވެ. ފާރިސް، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިންކަމުގެ ހެއްކާއި ގަރީނާ ލިބިފައިވާކަމަށް މީގެ ކުރިން ފުލުހުން ވަނީ ހާމަކޮށްފައެވެ.