English Edition
Dhivehi Edition

ބޮލީވުޑްގެ މަޝްހޫރު ބަތަލް ސަންޖޭ ދަތްގެ ހަޔާތުގެ މައްޗަށް ތައްޔާރުކުރާ ބަޔޮޕިކްފިލްމުގެ ޓީޒާ ޓްރެއިލާ ބެލި ގިނަ ބަޔަކަށް ލިބިގެންދިޔައީ ބޮޑު ހައިރާންކަމެކެވެ

މި ފިލްމުގެ ޓީޒާ މިހާރު އާންމު ކޮށްފައިވާއިރު އެންމެ ގިނަ ބަޔަކު ކުރި ސުވާލަކީ ފިލްމުން އެ ފެންނަނީ ހަމަ ސަންޖޭ ހެއްޔެވެ. ނުނީ މި ފިލްމުގައި ސަންޖޭގެ ރޯލުން ފެނިގެންދާ ރަންބީރް ކަޕޫރް ހެއްޔެވެ

26 މިނިޓްގެ މިޓީޒާއިން ފެނިގެންދަނީ ސަންޖޭ ދަތްގެ ހަޔާތުގައި އެކި ދުވަސްވަރު އޭނާ ހުރި ގޮތަށް ހުރި ރަންބީރް އެވެ. ސަންޖޭ އާއި ފިލްމުން ފެންނަ ރަންބީރު ވައްތަރުކަމުން ގިނަ ބަޔަކަށް ބޮޑު ހައިރާންކަމެއް ލިބިފައިވާއިރު ވަރަށް ގިނަ މީހުންވަނީ މި ދެތަރިންނަކީ އެއްމާބަނޑު ދެމީހުން ކަމުގައި ބުނެފައެވެ

ރާޖްކުމާރް ހިރާނީ ލިޔެ އަދި ޑައިރެކްޓުކުރާ ފިލްމް “ސަންޖޫ” އިން ފެނިގެންދަނީ ސަންޖޭގެ އެންމެ ޅައިރު ކުޅުނު ފިލްމު “ރޮކީ” ގައި އޭނާ ހުންނަގޮތާއި، 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރުމަށްފަހު 2016 ވަނަ އަހަރު އޭނާ ޖަލުން މިނިވަން ވަންދެން ހިނގި ކަންތައްތަކެވެ

ފިލްމަށް ބެލުންތެރިން އިންތިޒާރުކުރަމުންދާއިރު މި ފިލްމާ ބެހޭ ގޮތުން އެންމެ ގިނަ ބަޔަކު ކުރަމުން އަންނަ ސުވާލަކީ ސަންޖޭއާއި ބޮލީވުޑްގެ މަޝްހޫރު ބަތަލާއި މާދުރީ ޑިކްޝިޓްއާއި އޮތް ލޯބީގެ ގުޅުންތަކުގެ ވާހަކަތައް މި ފިލްމުގައި ގެނެސްދޭނެ ހެއްޔެވެ

މިހުރިހާ ސުވާލުތަކުގެ ޖަވާބާއެކު ސިނަމާތަކުގައި ފިލްމު ދައްކަން ފަށާނީ އަންނަ ޖޫން މަހު 29 ވަނަ ދުވަހުން ފެށިގެންނެވެ

ރަންބީރުގެ އިތުރުން ފިލްމުގައި ފެނިގެންދާ އިތުރު ތަރިންގެ ތެރޭގައި އަނުޝްކާ ޝަރްމާ، ޕަރޭޝް ރަވަލް އާއި މަނީޝާ ކޮއިރާލާ، ސޯނަމް ކަޕޫރް، ބޫމަން އިރާނީ އަދި ކަރިޝްމާ ތަންނާ ހިމެނެ އެވެ