ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގާނޫނީ ޒިންމާ އަދާނުކުރާނަމަ ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ބާރު ގާނޫނު އަސާސީ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންވާ ކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ
މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވައިފިނަމަ މަޖިލިސް އުވާލާ އަވަސް އިންތިޚާބަކަށް ގޮވާލުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާ އަށް ލިބިގެންވާ ބާރެއް ކަމަށެވެ. މީގެ އިތުރުން ކޯޓުން ކުރި ހުކުމުގައި ވިދާޅުވީ އެއްވެސް މަގުބޫލު އުޒުރެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް މެމްބަރުން ހާޒިރު ނުވެ ނުތިބެވޭނެކަމަށެވެ
މިއަދު ސުޕްރީމް ކޯޓުންވަނީ ރައްޔިތުން މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގު ކުރައްވާފައިވާ، އެންޓި ޑިފެކްޝަން ގާނޫނު ބާތިލް ނޫންކަމަށްވެސް ހުކުމް ކޮށްފައެވެ