ކުރިއަށް އޮތް ދައުރަށް ރައީސް އަބްދުﷲ ޔާމީން ހުށަހަޅުއްވާނެ ރިޔާސީ މެނިފެސްޓޯގައި ހުރީ ރައްޔިތުން ހީވެސް ނުކުރާފަދަ ބޮޑެތި ކަންކަން ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެއްޖެއެވެ
މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި މި ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާފައިވާ ކަންތައްތަކަށް އަލިއަޅުވާލަމުން އަޒަލީން ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔަތުން ތިބީ ނިކަމެތިކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް ރައްޔަތުން އުއްމީދު ގެއްލިފައި ތިބި ދަނޑިވަޅެއްގައި ދިރުމެއް ވަންޏާ އުންމީދެއްވާނޭ ވިދާޅުވެ، ރައްޔިތުންނަށް އުންމީދު ގެނެސްދެއްވީ ރައީސް ޔާމީންކަމަށެވެ
މީގެ އިތުރުން އަޒްލީން ވިދާޅުވީ ރިޔާސީ އިންތިހާބުގައި ފާއިތުވި ހަތަރު އަހަރެކޭ އެއްގޮތަށް އަދި އެއަށް ވުރެވެސް ބޮޑެތި ކަންކަން ކޮށްދެއްވުމަށް ރައީސް ޔާމީންގެ ވިސްނުންފުޅު އެބަހުރި ކަމަށާއި ރައްޔިތުން ތިބީ އެމަނިކުފާނަށް އިތުރު ދައުރެއް ދޭން ބޭނުންވެފައި ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ އިންތިހާބެއް ބާއްވަން ބޭނުންވަނީ ސަރުކާރުން ކަމަށާއި އިދިކޮޅު ފަރާތްތަކުން އިންތިހާބެއް ބާއްވަން ބޭނުން ނުވަނީ ރައީސް ޔާމީން ބަލި ކުރެވޭނެ ފެންވަރު އެ ފަރާތުގައި ނެތީމާ ކަމަށެވެ