English Edition
Dhivehi Edition

“މާ ސާފު މާލެ” ޝިއާރުގެ ދަށުން މާލެ އާއި ވިލިމާލެ ސާފު ކުރުމަށް ސަރުކާރުން މިއަދު ފެށި ހަރަކާތްތަކުގެ ތެރެއިން، އެމްޑީޕީ ހަރުގެ ކުރިމަތި ސާފުކޮށްފިއެވެ

ސަރުކާރުގެ ސިޔާސީ އިސް މަގާމްތަކުގައި ތިއްބަވާ ބޭފުޅުންނާއި ޕީޕީއެމްގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންވަނީ އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކާއި ސަޕޯޓަރުން އެންމެ ގިނައިން އެއްވާ އެމްޑީޕީގެ ޖަގަހަ ކުރިމަތި ސާފުކޮށް ކުނި ކެހުމަށްފަހު ކަޅު ކޮތަޅުތަކަށް ކުނިތައް އަޅައި މުޅި ސަރަހައްދު ރީތިކޮށްލާފައެވެ.

އެމްޑީޕީގެ ޖަގަހަ ކުރިމަތި ސާފުކޮށްދިނުމުގައި ހަރަކާތްތެރިވި ސަރުކާރުގެ އިސް ބޭފުޅުންގެ ތެރޭގައި ހައުސިން މިނިސްޓާ ޑރ. މުހައްމަދު މުއިއްޒު، ހެލްތް މިނިސްޓަރު މުހައްމަދު އަބްދުﷲ ނާޒިމް ، އެންވާރަމަންޓް މިނިސްޓާ ތޯރިގް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ޕީޕީއެމްގެ ޕީޖީ ގްރޫޕް ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކު ،މާފަންނު މެދު ދާއިރާގެ ޕީޕީއެމް މެމްބަރު އަސްމާ ރަޝީދު، އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ އެކްޓިން އެމްޑީ މުހައްމަދު ލައްމާންވެސްވަނީ ބައިވެރިވެ ވަޑައިގެންފައެވެ