English Edition
Dhivehi Edition

އިންޑޮނޭޝިއާ އަށް ބުދަ ދުވަހު ހެނދުނު އައި ބިންހެލުމެއްގައި ތިން މީހުން މަރުވެއްޖެއެވެ

ޖާވާގެ މެދުތެރޭގައި އޮންނަ ކެބުމެން އަށް 4.4 މެގްނެޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން 300 ވުރެ ގިނަ ގެތައް ހަލާކުވެ ގިނަބަޔަކުވަނީ ހާލުގައި ޖެހިފައެވެ.މި ބިންހެލުމުގައި ގެދޮރު ގެއްލުނު 2100 އަށް ވުރެ ގިނަ މީހުންނަށް މިހާރު ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ

އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާ އިން ބުނެފައިވަނީ މިއީ ނިސްބަތުން ބާރު ދެރަ ބިންހެލުމެއް ނަމަވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނީ ބިންހެލުން އައިސްފައި ވަނީ ބިމުގެ ވަރަށް މަތީ ފަށަލައަކަށް ވާތީ ކަމަށެވެ

ބިންހެލުން އައި ސަރަހައްދުގައި މިހާރު ވަނީ ދެހަފްތާ ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު މި ބިންހެލުމުގެ ސަބަބުން އަނިޔާވި 21 މީހަކަށް މިހާރު ވެސް ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ

އިންޑޮނޭޝިއާ އޮންނަ ސަރަހައްދުގެ ގޮތުން އެގައުމަށް ވަރަށް ގިނައިން ބިންހެލުން އާދެއެވެ