English Edition
Dhivehi Edition

ހިންދޫއަކަށްވެ ހުރެ މުސްލިމަކާއި ކައިވެނި ކޮށްގެން އުޅެން ކަރީނާ ކަޕޫރް ލަނދުގަންނަންޖެހޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުންތައް ކަރީނާއަށް އަމާޒުވެއްޖެއެވެ

ޖައްމު-ކަޝްމީރުގައި ރޭޕް ކުރުމަށްފަހު، އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 8 އަހަރުގެ އާސިފާ ބާނޫއަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްކޮށްފައިވާ ޓުވިޓަރކާއި ގުޅިގެން ގިނަ ބަޔަކުވަނީ ކަރީނާއަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ

އާސިފާ ބާނޫއަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ޕޯސްޓަރެއް ހިފައިގެން ހުރެ ކަރީނާ ކަޕޫރު ޕޯސްޓްކޮށްފައިވާ ފޮޓޯއެއްގެ ކެޕްޝަންގައި އޭނާއަކީ ހިންދޫއެއްކަމަށް ބުނެ ލިޔެފައިވާ އިބާރާތާއި ގުޅިގެން ބައެއް ފަރާތްތަކުން ވަނީ ހިންދޫއަކަށްވެ ހުރެ، މުސްލިމަކާ ކައިވެނިކުރަން ކަރީނާ ލަދު ގަންނަން ޖެހޭނެ ކަމަށް ބުނެފައެވެ

ކަރީނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އަކީ ހިންދޫއެއް ކަމަށެވެ. އަދި އާސިފާއާއި ކުރިމަތިލާން ޖެހުނު ހާދިސާއާއި ގުޅިގެން އޭނާ ލަދުގަންނަ ކަމަށާއި އާސިފާއަށް އިންސާފް ހޯދައިދިނުމަށްވެސް ގޮވާލާކަމަށެވެ