English Edition
Dhivehi Edition
ފޮޓޯ:ސަން

ގުޅިފައިވާ އިއްތިހާދުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ބަލިކުރައްވާނެކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ

މިއަދު ނަޝީދުކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ޕާޓީތައް އެއްބަސްވާކަމަށާއި އިންތިހާބުގައި ޔަމީން ބަލިކުރައްވާނެކަމަށެވެ. މީގެ އިތުރުން ނަޝީދު ވިދާޅުވީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ގުޅިފައިވާ ޕާޓީތަކުން ކުރާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތައް މިހާރުވެސް ފެށިފައިވާއިރު، އިދާރީ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދިގު މުއްދަތެއް ދިނުމަށްޓަކައި، މެއި މަހުގެ ތެރޭގައި އެ ލިސްޓު ޢާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ޖޫން މަހުގެ ތެރޭގައި ރަށްވެހިވެފައިވާ ރަށްނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށް ވެސް ހުޅުވާލާނެ ކަމަށް އިލެކްޝަން ކޮމިޝަނުންވަނީ ހާމަކޮށްފައެވެ