English Edition
Dhivehi Edition

ސީރިއާގެ ރައީސް ބައްޝާރުލް އައްސަދު އޭނާ ދިރިއުޅެމުންދާ ގަނޑުވަރު ދޫކޮށް ފިލައިފިއެވެ

ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ބައްޝަރު ގަނޑުވަރުދޫކޮށް ފިއްލާފައިވަނީ ގަނޑުވަރަށް އަމާޒުކޮށް އެމެރިކާ އިން ހަމަލާއެއް ދީފާނެތީ ރަޝިއާގެ އަސްކަރީ އުޅަނދުތަކެއްގައެވެ

ސީރިއާގެ އިދިކޮޅު ފަރާތްތަކުން ހިފާފައިވާ ދޫމާއަށް ކެމިކަލް ހަމަލާއެއް ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދިނުމާއި ގުޅިގެން ގިނަ ބަޔަކު މަރުވެފައިވާއިރު، މި ހަމަލާއާއި ގުޅިގެން ސަރުކާރުގެ ބާރުގަދަ ހިސާބުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފައެވެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ އެމެރިކާ އިން މިސައިލުތައް ސީރިޔާ އަށް ފޮނުވާނެ ކަމަށާއި އެކަމަށް ރަޝިޔާ އިން ތައްޔާރުވެގެން ތިބުމަށް ގޮވާލާކަމަށެވެ. އަދި ރަޝިޔާ އިން ވެސް މީހުން މެރުމަށްފަހު އެކަމާ އުފާފާޅުކުރާ ބަޔަކާ ގުޅެންޖެހޭ ސަބަބެއް ނެތް ކަމަށް ޓްރަމްޕް ބުންޏެވެ

ޓްރަމްޕްގެ ވާހަކަތަކައް ރައްދު ދެމުން ރަޝީޔާއިން ބުނެފައިވަނީ އެމެރިކާއިން ފޮނުވާ މިސައިލުތައް ވައްޓާލާނެ ކަމަށާއި މިސައިލު ހަމަލާ ދޭން ބޭނުންކުރި ތަކެތިވެސް ނައްތާލާނެކަމަށެވެ

ސީރިއާގެ ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން ދޫމާއަށް ދިން ކެމިކަލް ހަމަލާގައި 70 މީހަކު ވަނީ މަރުވެފައެވެ. އަދި މި ހަމަލާގައި ކްލޮރިން ގޭހާއި އެއަށް ވުރެ ބާރުގަދަ ގޭހެއް ބޭނުންކޮށްފައިވާ އިރު ހަމަލާގައި ގިނައިން މަރުވެފައިވަނީ އަންހެނުންނާއި ކުޑަކުދިންނެވެ