English Edition
Dhivehi Edition

އެސްޓިއޯ މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ

އިއްޔެ ހަވީރު ކުޅުނު މި މުބާރާތުގެ ޒޯން މެޗުތަކުގެ ތެރެއިން، ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ފެންފުށިން ހޯދިއިރު ޒޯން އަށެއްގެ ޗެމްޕިއަންކަން ހޯދާފައިވަނީސ.ހިތަދޫ އިންނެވެ
ޒޯން އަށެއްގެ ޗެންޕިއަންކަން ހިތަދޫ ފުޓްބޯޅަ ޓީމު ހޯދީ އިއްޔެ ހަވީރު ކުޅުނު ޒޯން 8 ގެ ފައިނަލްގެ ދެވަނަ ލެގްގައި ފުވައްމުލަކު އެފްސީ ދޫނިގަލޯނާ ބައްދަލުކޮށް 4ލަނޑު 1 ލަނޑުންނެވެ. މުބާރާތުގެ ފައިނަލްގެ ފުރަތަމަ ލެގް ފުވައްމުލަކުގައި ކުޅެ ހިތަދޫ ޓީމް ކާމިޔާބް ކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
އިއްޔެ ކުޅުނު ދެވަނަ ލެގުގައި ހިތަދޫޓީމްގެ އެޑެލެކާ ޑޭވިޑް އޮސަގީ އާއި އަހުމަދު އިބްރާހިމްވަނީ ކޮންމެ ކުޅުންތެރިއަކުވެސް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ދޫޑިގަން ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނަސްރަހްއެވެ

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އދ.ފެންފުށި ހޯދީ ދެވަނަ ލެގުގައި ހިންމަފުށްޓާ ވާދަކޮށް، 1-0 ން މޮޅުވެ ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު 2-1 ން ހިންމަފުށި ކާމިޔާބުކުރި ނަމަވެސް ފެންފުށްޓަށް ޗެމްޕިއަންކަން ލިބުނީ އަވޭ ގޯލުންނެވެ

މިނިވަން ޗެންޕިއަންޝިޕްގެ ފައިނަލް ރައުންޑްގެ މެޗުތައް ފެށުމަށް އެފް.އޭ.އެމް އިން ތާވަލްކޮށްފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ފައިނަލް ރައުންޑުގެ މެޗުތައް ކުޅޭނެ ރަށެއް އަދި އެފްއޭއެމްއިން ނިންމާފައެއް ނުވެއެވެ

މި އަހަރުގެ ފައިނަލް ރައުންޑުގައި ވާދަކުރާ ރަށްތަކަކީ، ޒޯން އެކެއްގެ ޗެންޕިއަން ހއ.މުރައިދޫ، ޒޯން ދޭއްގެ ޗެންޕިއަން ށ.ފޯކައިދޫ، ޒޯން ތިނެއްގެ ޗެންޕިއަން ބ.ފެހެންދޫ، ޒޯން ހަތަރެއްގެ ޗެންޕިއަން އދ.ފެންފުށި، ޒޯން ފަހެއްގެ ޗެންޕިއަން ފ.ނިލަންދޫ، ޒޯން ހައެއްގެ ޗެންޕިއަން ތ.ތިމަރަފުށި، ޒޯން ހަތެއްގެ ޗެންޕިއަން ގދ.ހޯޑެއްދޫ އަދި ޒޯން އަށެއްގެ ޗެންޕިއަން ސ.ހިތަދޫއެވެ.
މިރަށްތަކުގެ އިތުރުން މިއަހަރުގެ މިނިވަން ޗެންޕިއަންޝިޕް ފައިނަލް ބުރުގައި ދެން ވާދަކުރާނީ މިދިޔަ އަހަރުގެ މިނިވަން ޗެންޕިއަންޝިޕުގެ ގަދަ ހަތަރެއްގައި ހިމެނި، ދިވެހި ޕްރިމިއަރ ލީގުގައިވެސް ވާދަކުރި އއ.މާޅޮހާއި ދ.ކުޑަހުވަދޫއެވެ. ގަދަ ހަތަރެއްގައި ހިމެނުނު ށ.މިލަންދޫ އާއި ގދ.ތިނަދޫ މި އަހަރުގެ މިނިވަން ޗެންޕިއަންޝިޕްގައި ބައިވެރިއެއްނުވެއެވެ

މި ފަހަރު ވެސް މި މުބާރާތުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތުދޭން ނިންމާފައިވާއިރު ފެން ޕްރިމިއާ ލީގުގައި ވާދަކުރާނީ މިހާރު ކުރިއަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމ