English Edition
Dhivehi Edition

މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުގައި އިން ގދ.ހޯޑެއްދޫ އާއި ސ.ހިތަދޫ ބައްދަލު ކުރި މެޗު ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ހިތަދޫ ގުރޫޕްގެ އެއްވަނަ މަގާމަށް ޖެހި ލައިފިއެވެ.

މިނިވަން ޗެމްޕިއަންޝިޕުގެ ގުރޫޕު އޭގެ އެއްވަނަ ހިތަދޫ ހޯދީ އިއްޔެ ފ.ނިލަންދޫގައި ކުޅުނު މެޗު 4-1 ލަނޑުން ހޯޑެއްދޫ ބަލިކޮށްގެންނެވެ.

އިއްޔެ ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފެށިގެން ހޯޑެއްދޫ އިން ރަނގަޅު ކުޅުމެއް ދައްކަން މަސައްކަތް ކޮށް ހިތަދޫގެ ގޯލަށް ހަމަލާތަކެއް ފޮނުވާލަން މަސައްކަތް ކުރި ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ހިތަދޫ ގެ ބިދޭސީ ކުޅުންތެރިޔާ އަޓަންގާނަ ވަނީ ގޯލެއް ކާމިޔާބުކޮށް ހިތަދޫ އަށް މެޗުގެ ލީޑު ހޯދާއިދީފައެވެ. މި ލަނޑާއި އެކު ހިތަދޫގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު ހިތަދޫ ޓީމުގެ އާދަމް ޝަހީމް (އާނާ) ވަނީ ހިތަދޫއަށް ދެވަނަ ލަނޑު ކާމިޔާބުކޮށްދީ މެޗުގެ ލީޑު ދީފައެވެ.

ހިތަދޫ ޓީމްގެ ތިންވަނަ ލަނޑު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްފައިވަނީ މުހައްމަދު ސައީދް (ލޮޖާ)އެވެ. ލޮޖާގެ ގޯލަށް ފަހު ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-3 ގެނަތީޖާ އަކުން ހިތަދޫ ކުރީގައި އޮވެގެންނެވެ.

ވަރުގަދަ ކުޅުމަކާއި އެކު ދެވަނަ ހާފް ފަށާފައިވާއިރު ޑޭވިޑް ވަނީ ހިތަދޫގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

ހޯޑެއްދޫ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައ އަހްމަދު އުސާމް އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިގޮތުން ގްރޫޕް އޭގައި ފ. ނިލަންދުއާއި، ތ. ތިމަރަފުއްޓާއި، ދ. ކުޑަހުވަދުއާއި، ގދ. ހޯނޑެއްދޫ އަދި ސ. ހިތަދޫ ހިމެނޭ އިރު ގްރޫޕް ބީ ގައި ހިމެނެނީ ށ. ފޯކައިދުއާއި، އދ. ފެންފުއްޓާއި، އ. މާޅޮހާއި، ހއ. މުރައިދޫ އަދި ބ. ފެހެންދޫއެވެ.