ވޭތުވެ ދިޔަ ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަން ދަށަށް ގޮސްފައި އޮތުމަށް ފަހު ފާއިތުވި ދެ ދުވަހުގައި ދެކުނުގެ ހިސާބަށް އާދަޔާ ހިލާފަށް މަސްވެރިކަން ރަނގަޅުވެފައިވާކަމަށް މިފްކޯ އިން ބުނެފިއެވެ
މިފްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަސްވެރިކަން ރަނގަޅުވަމުން ދާއިރު މިފްކޯއިން މަސްވެރިކަމަށް ތައްޔާރު ވެފައިވާކަމަށާއި މިފްކޯގެ ފުލް ކެޕޭސިޓީގައި މަސްވެރިންބާނާ މަސްތައް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށެވެ
މީގެ އިތުރުން މިފްކޯއިން ބުނެފައިވަނީ މަސްވެރިކަން ކުއްލިޔަކަށް ރަނގަޅުވަމުން، މަސްބާނާ މިންވަރު އިތުރުވެފައިވާތީ މަސްކިރުމާއި މަސްވެރިންނަށް ބޭނުންވާ ވަރަށް އައިސް ވިއްކުމުގައި ބައެއް ކަހަލަ ދަތިތަކާ ކުރިމަތިލާން ޖެހޭކަމަށެވެ. އެހެންނަމަވެސް މިފްކޯއިން މަސައްކަތް ކުރަމުން ގެންދަނީ މަސްވެރިން ބާނާމަސް ތާޒާކަމާއެކު ކިރުވައި މަސްވެރިކަމުގެ ފުރިހަމަ މަންފާ ހޯދައިދިނުމަށްކަމަށް މިފްކޯ އިންވަނީ ބުނެފައެވެ