English Edition
Dhivehi Edition
ހުއިފި ލަނޑާ

ރާއްޖެއިން ހުއިފިލަނޑާ އެކްސްޕޯޓުކުރުމަށް ބޭނުންވާ ހުއްދަތަކާއި ލައިސަންސްތަކާ ގުޅޭގޮތުން ވިޔަފާރިވެރިންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސައިޓީސްގެ ދަށުން ކޮންޓްރޯލްކޮށްފައިވާ އެމްބާފިޝް ހުއިފިލަނޑާ އެކްސްޕޯޓުކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތަކާ ގުޅޭގޮތުންނެވެ. އެމްބާފިޝް ހުއިފިލަނޑާއަކީ އިންޓަނޭޝަނަލް ވިޔަފާރީގެ ކޮންޓްރޯލް އޮންނަ ބާވަތަކަށް ވާތީ، އެ ބާވަތް އެކްސްޕޯޓުކުރެވޭނީ ކަނޑައެޅިފައިވާ ހާއްސަ ހުއްދަތައް ނަގައިގެންނެވެ.

މިނިސްޓްރީތަކުން ވަނީ ހުއްދަ ހޯދުމުގެ މަރުހަލާތައް ކުރިއަށް ގެންދާނެ ގޮތުގެ މައުލޫމާތު އެކްސްޕޯޓުކުރާ ފަރާތްތަކާ ހިއްސާކޮށްފައެވެ. އަދި އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރި ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމާއެކު، މި ވަސީލަތް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް އެހީތެރިވެދޭނެ ފަސޭހަ އުސޫލުތަކެއް ގާއިމުކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.