English Edition
Dhivehi Edition

މިނިވަން ޗެމްޕިއަންޝިޕްގެ ސ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ހިތަދޫ އިން ހޯދައިފިއެވެ

އިއްޔެ ހަވީރު އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ސ. އަތޮޅު ބުރުގެ ފައިނަލުގައި ފޭދޫ އަތުން ހިތަދޫ މޮޅުވީ 5-2 ންނެވެ

ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ 17 ވަނަ މިނެޓުގައި ހިތަދުއަށް އަޑެލެކޭ ޑޭވިޑް އޮސެގިއޭ ގެ ލަނޑާއެކު ހިތަދުއިންވަނީ މެޗުގެ ލީޑް ނަގާފައެވެ. އެހެންނަމަވެސް މެޗުގެ 28 ވަނަ މިނެޓުގައި ފޭދު ޓީމުގެ މުހައްމަދު ސަޔަމް ސައީދު ވަނީ ފޭދޫ ޓީމަށް ލަނޑަށް ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި މެޗުގެ ނަތީޖާ ހަމަހަމަވުމުން ޕެނަލްޓީ ޝޫޓް އައުޓްގައި ފޭދޫގެ މައްޗަށް ހިތަދޫން ކުރި ހޯދީ 4-1ގެ ނަތީޖާއަކުންނެވެ. ހިތަދޫގެ ޕެނަލްޓީތައް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަޓަންގަނާ އޮނަމްބެލޭ އަރްމެލޭ ތިއެރީއާއި، އަހްމަދު އިބްރާހީމާއި، ހަސަން މިފްރާހް އަދި މުހައްމަދު މަމްނޫނެވެ. ފޭދޫގެ ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އަހްމަދު ސައީދު(އައްމަޓީ)އެވެ

ސ. އަތޮޅުގެ ޗެމްޕިއަން ހިތަދޫ އިން ދެން ވާދަކުރަން ޖެހޭނީ ޒޯން އަށެއްކުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމުކަމަށްވާ ޏ.އަތޮޅު ދޫޑިގަން ޓީމާއެވެ