English Edition
Dhivehi Edition

އައްޑޫސިޓީ މީދޫ އަވަށު ކޯގަންނު ޤަބުރުސްތާނުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށް އެދި ހުށަހަޅާ ބިޑް ޑޮކިއުމަންޓް 08 އެޕްރިލް 2018 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00ން ފެށިގެން 12 އެޕްރިލް 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00އާއި ހަމަޔަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާ އަދި މީދޫ އަވަށު އޮފީހުން ގަންނަން ލިބެން ހުންނާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ބިޑް ޑޮކިއުމެންޓެއްގެ އަގަކީ 300.00 ރުފިޔާ އެވެ.

ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުން 17 އެޕްރިލް 2018 ވާ އަންގާރަ ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގެ ހޯލުގައި އަދި މީދޫ އަވަށު އޮފީހުގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ

މަސައްކަތް ޙަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓުގައި ހިމެނިފައިވާނެކަމަށް އެ އިދާރާގެ އިއުލާންގައިވަނީ ބަޔާންކޮށްފައެވެ