English Edition
Dhivehi Edition

ރޭގެ މޯލްޑިވިއަން އައިޑޮލްގެ ޝޯގައި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޝޯގެ ޖަޖު މަރިޔަމް އުނޫޝާ ދެއްކި ވާހަކަތަކަށް ފިލްމީ ތަރި މުއާޒު ރައްދީދީފިއެވެ

ދިވެހި ފިލްމުތަކުގައި އަމިއްލަ ރާގުގެ ލަވަތައް ބޭނުންކުރުން ގިނަ ކުރުމަށް ރާއްޖޭގެ ޕްރޮޑިއުސަރުން ވިސްނަންޖެހޭ ކަމަށް ބުނެ ރޭ އުނޫޝާ ދެއްކި ވާހަކަތަކާއި ގުޅިގެން، މުއާ ބުނެފައިވަނީ ދިވެހި ފިލްމުތަކުގައި ކޮޕީ ރާގު ބޭނުންކުރާ ވަރަށްވުރެ މިއުޒިކު އިންޑަސްޓްރީގައި އާޓިސްޓުން ކޮޕީ ރާގު ބޭނުންކުރާ މިންވަރު އިތުރުކަމަށެވެ

އުނޫޝާ ދެއްކި ވާހަކަތަކާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް މުއާ ފޭސްބުކް ގައި ބުނެފައިވަނީ 2009ވަނަ އަހަރު ފެށިގެން 95 އިންސައްތަ ދިވެހި ފިލްމުތަކުގައި ދިވެހި އަމިއްލަ ރާގުގެ ލަވަތައް ބޭނުންކުރަމުންދާ ކަމަށެވެ

މީގެ އިތުރުން މުއާ ވަނީ މޯލްޑިވިއަން އައިޑޮލްފަދަ ބޮޑު އިންޓަނޭޝަނަލް ޕްލެޓްފޯމެއްގައި 99 އިންސައްތަ ކޮޕީ ރާގު ބޭނުންކުރަނީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ.އަދި މިއުޒިކު އިންޓަސްޓްރީގައި މަސައްކަތްކުރާ މީހުން ކޮޕީ ބޭނުން ކޮށްގެން ވިޔާފާރީ ކުރުމާއި އަމިއްލަ މަޝްހޫރުކަން ހޯދާލެއް މާ ގިނަކަމުގައި މުއާ ވަނީ ބުނެފައެވެ

މުއާގެ އެފްބީ ޕޯސްޓަށް ކޮމެންޓްކުރަމުން މަޝްހޫރު ޑައިރެކްޓަރު އަހްމަދު ނިމާލް ބުނެފައިވަނީ އޭނާ 25 ފިލްމު ޑައިރެކްޓްކޮށްފައިވާއިރު ހުރިހާ ފިލްމެއްގެ 90 އިންސައްތަ އަކީ އަމިއްލަ ރާގު ކަމަށެވެ