English Edition
Dhivehi Edition

މޯލްޑިވިއަން އައިޑޮލް ސީޒަން ތިނެއްގެ ގަދަ ފަސް ބައިވެރިންވެސް ފައިނަލަށް ދަތުރުކޮށްފިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގްރޭންޑް ފިނާލޭއަށް ދަތުރުކުރާނެ ބައިވެރިން އިޢުލާންކުރުމަށް ރޭ ބޭއްވި އެންމެ ފަހު އެލިމިނޭޝަން ނަައިޓު ގައި ގަދަ 5 ގައި ވާދަކުރި އެއްވެސް ބައިވެރިއަކު މުބާރާތުން ވަކިނުވާނެ ކަމަށް ވަނީ އިއުލާންކޮށްފައެވެ.

ރޭގެ ޝޯގައި އެއްވެސް ބައިވެރިޔަކު ނުކަޓާކަން އިއުލާނުކުރިއިރު، ދެން އަންނަ އައިޑޮލް ފިނާލޭ ޝޯވގައި ބައިވެރިންނަށް މާކްސް ދޭއިރު ރޭގެ ޝޯވގައި ބައިވެރިންނަށް ޖަޖުންގެ ފަރާތުން ލިބުނު މާކުހާއި އަދި ބެލުންތެރިންގެ ފަރާތުން ލިބުނު އެސްއެމްއެސް ގުނާނެކަން ވަނީ ހާމަކޮށްފައެވެ.

ވާދަވެރި ހުށައެޅުންތަކަކަށްފަހު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ޓައިޓަލަށް ވާދަކުރާ 5 ބައިވެރިންނަކީ: އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ.

ރޭ ބައިވެރިން ލަވަ ހުށަހަޅައިދީފައި ވަނީ ދެ ތީމަކަށެވެ. ފުރަތަމަ ފެނިގެން ގޮސްފައި ވަނީ “ފޭން ޗޮއިސް” އެވެ. ދެން ބައިވެރިން ލަވަ ހުށަހަޅައިދީފައިވަނީ “އިންސްޕަޔަރިންގް” ތީމަށެވެ.